ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 42 ވަނަ ބައްދަލުވުން

10 އޯގަސްޓު 2020 14:40 ނަންބަރު 42

ޚުލާސާ

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމުގެ މައްސަލައިގެ ސުންގަޑި ކަނޑައެޅުއްވިއެވެ. އެގޮތުން ކޮމިޓީގެ މެންބަރުންނަށް އެއްބަސްވެވިފައިވަނީ މައްސަލަ ނިންމުމުގެ ސުންގަޑިއެއްކަމަށް 17 އޮގަސްޓު 2020 އެވެ. އަދި ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކާމެދު ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު 16 އޮގަސްޓު 2020 ގެ ނިޔަލަށް ކޮމިޓީން ނިންމިއެވެ. އެއަށްފަހު، ކޮމިޓީއިން ކުރިއަށް ގެންދިޔައީ، ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރެއްވިއެވެ. އެގޮތުން ބިލުގެ 47 ވަނަ މާއްދާގެ (ހ) އިން ފެށިގެން 51 ވަނަ މާއްދާގެ (ކ) ގެ ނިޔަލަށް ބައްލަވައި ބައެއް މާއްދާތައް އިޞްލާޙުކޮށް ދެން ހުރި މާއްދާތައް އުނިކުރުމާމެދު ވިސްނުމަށް ބަހައްޓަވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

10 އޯގަސްޓު 2020

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މެންބަރެއް ޢައްޔަނުކުރުމުގެ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

17 މާރިޗު 2020

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އިޞްލާޙު ކުރުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

9 މާރިޗު 2020

ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އިޞްލާޙު ކުރުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA