ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

17 އޯގަސްޓު 2020 14:10

ނަންބަރު

38

2020 ވަނަ އަހަރުގެ 38 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ ގޮސްފައިވަނީ، އއ. މަތިވެރި ބަނދަރުގެ ހުޅަނގު އުތުރު ފަރާތު ތޮށިގަނޑު މަތިން އުދައަރައި އެ ތޮށިގަނޑު އަރިއަޅާލުމުގެ ސަބަބުން އެ ރަށަށް ގެއްލުންވަމުންދާތީ، އެކަމަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނެސްދެއްވުމަށް އެދިވަޑައިގެން އެރަށުގެ ކައުންސިލުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ.ދެވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ވ. ފުލިދޫ އާދަޔާ ޚިލާފަށް ގިރަމުންދާތީ މިކަމުގެ ސަބަބުން ފުލިދޫ ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ޙާލަތުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ، ފުލިދޫ ގިރަމުންދާ މައްސަލަ ޙައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރުމަށްޓަކައި ހުށައަޅުއްވާފައިވާ ޤަރާރާ ގުޅިގެން ކޮމިޓީއިން ތައްޔާރުކޮށްފައިވާ ރިޕޯޓާއި މެދު ގޮތެއް ނިންމެވުމެވެ. އެގޮތުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން އެ ރިޕޯޓް ފާސްކޮށްފައިވެއެވެ. ތިންވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ރާއްޖޭގެ ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާތީ ހުށަހަޅާފައިވާ ޤަރާރު ދިރާސާކުރުމެވެ. ހަތަރު ވަނަ ކަމަކަށް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، ދިވެހިރާއްޖޭގެ ހަކަތައިގެ ބިލާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް ދިރާސާކުރުމަށް ހޮވި ސަބް ކޮމިޓީތަކުގެ މަސައްކަތްތައް ކޮމިޓީއާ ޙިއްސާކުރުމެވެ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA