ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ކޮމިޓީގެ 2020 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

29 ޖޫން 2020 10:00 ނަންބަރު 24

ޚުލާސާ

1. ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރި. 2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ 5 ބޭފުޅުން ސަފީރުންކަމަށް ޢައްޔަންކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރި. -ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އަލްފާޟިލާ ޝިރުޒިމަތު ސަމީރު، މ.ޒީނާ؛ -ޕާކިސްތާންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އަލްފާޟިލާ ފަރުޒާނާ ޒާހިރު، ގ. ޗޭނުގެ؛ -އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އަލްފާޟިލާ އާމިނަތު ޝަބީނާ، ހ. މިސްޓީލޮޖް؛ -އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އަދި ދިވެހިރާއްޖެއިން ނޭޕާލް، ބޫޓާން އަދި އަފްޛާނިސްތާންއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޑޮކްޓަރ ޙުސައިން ނިޔާޒު، ހ.ނިޔާސާ؛ އަދި -ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑެރޭޝަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޑޮކްޓަރ ޢާޞިމް އަޙްމަދު، ގ.ފަރުކަނި.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

24 ޖޫން 2020

5 ބޭފުޅުން ސަފީރުންކަމަށް ޢައްޔަންކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ

ރިޕޯޓް ހުށައެޅިފައި

16 މޭ 2020

ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA