ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

24 ޖޫން 2020

ސްޓޭޓަސް

ރިޕޯޓް ހުށައެޅިފައި

5 ބޭފުޅުން ސަފީރުންކަމަށް ޢައްޔަންކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ

ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ 5 ބޭފުޅުން ސަފީރުންކަމަށް ޢައްޔަންކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ 1. ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އަލްފާޟިލާ ޝިރުޒިމަތު ސަމީރު، މ.ޒީނާ؛ 2. ޕާކިސްތާންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އަލްފާޟިލާ ފަރުޒާނާ ޒާހިރު، ގ. ޗޭނުގެ؛ 3. އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އަލްފާޟިލާ އާމިނަތު ޝަބީނާ، ހ. މިސްޓީލޮޖް؛ 4. އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، އަދި ދިވެހިރާއްޖެއިން ނޭޕާލް، ބޫޓާން އަދި އަފްޛާނިސްތާންއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޑޮކްޓަރ ޙުސައިން ނިޔާޒު، ހ.ނިޔާސާ؛ އަދި 5. ދިވެހިރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް އަދި ސްވިސް ކޮންފެޑެރޭޝަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ޑޮކްޓަރ ޢާޞިމް އަޙްމަދު، ގ.ފަރުކަނި.

މިހާރު އޮތް ހިސާބް

13 ޖުލައި 2020 - ރިޕޯޓް ހުށައެޅިފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA