ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

2020 ވަނަ އަހަރުގެ 27 ވަނަ ބައްދަލުވުން

8 ޖޫން 2020 11:18 ނަންބަރު 27

ޚުލާސާ

- އެންމެ ފުރަތަމަ ކަމަކަށް، މުސްތަޤިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ދިރާސާކުރުމުގައި ޢަމަލުކުރާނެ އުސޫލާ ގުޅޭގޮތުން މަޝްވަރާކޮށް، އެ އުސޫލު ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢިއްތިފާޤުން ފާސްކުރެއްވިއެވެ. - ދެވަނަ ކަމަކަށް ކޮމިޓީން ނިންމެވީ އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީ މުވައްޒަފުންތަކަކަށް އެމީހުންނަށް ލިބިދޭންޖެހޭ ހައްޤުތަކެއް ކަށަވަރުކޮށްދިނުމެއް ނެތި އެމީހުންގެ ޤައުމަށް ފޮނުވާލި ކަމަށްބުނާ މައްސަލައާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ބައްދަލުކުރެއްވުމަށެވެ. - ދެން ކޮމިޓީން ނިންމެވީ ކޮމިޓީއަށް ހުށަހެޅިފައިވާ ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލާއި، އިންތިޤާލީ އިންޞާފުގެ ބިލުގެ މަސައްކަތް ނިންމުމުގެ ސުންގަޑީގެ ގޮތުގައި 1 މަސްދުވަސް ދިނުމަށެވެ. - މީގެއިތުރުން، ކޮމިޓީއަށް ހުށަހެޅިފައިވާ ގދ. އަތޮޅު ރަށެއްގެ 4 އަންހެންކުދިންނަށް ޖިންސީގޯނާ ކުރި މައްސަލައާއި، ގދ. ތިނަދޫގައި އަނބިމީހާއަށް އަނިޔާކޮށް، އެ އަނިޔާއަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި މައްސަލަ ކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ، އެ ދެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމެވުމަށް ފާސްކުރެއްވިއެވެ. އެހެން ނަމަވެސް، ކޮމިޓީން އެ މައްސަލަ މޮނިޓަރކުރަމުންދާ މައްސަލައެއްގެ ގޮތުގައި ބޭއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

27 ނޮވެމްބަރު 2020

އިންތިޤާލީ އިންޞާފުގެ ބިލު

ކުރިޔަށް ދަނީ

9 ޖޫން 2020

އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީ މުވައްޒަފުންތަކަކަށް އެމީހުންނަށް ލިބިދޭންޖެހޭ ހައްޤުތަކެއް ކަށަވަރުކޮށްދިނުމެއް ނެތި އެމީހުންގެ ގައުމަށް ފޮނުވާލި ކަމަށްބުނާ މައްސަލަ

ކުރިޔަށް ދަނީ

11 ފެބްރުއަރީ 2020

ގދ. ތިނަދޫ، ޖަވާހިރުމާގެ އިބްރާހިމް ޝާހު އޭނާގެ އަނބިމީހާއަށް ޖިންސީ އަނިޔާކޮށްފައިވާ މައްސަލަ

ކުރިޔަށް ދަނީ

22 ޖެނުއަރީ 2020

ޢުމުރުން ދުވަސްވީ މީހަކު، 4 އަންހެންކުދިންނަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލަ

ކުރިޔަށް ދަނީ

19 އޯގަސްޓު 2019

ޤާނޫނު ނަންބަރު 6/2006 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙުގެނައުމުގެ ބިލު

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA