މިއަދުގެ ބައްދަލުވުމުގައި ޢާންމުން ފޮނުވާފައިވާ ސިޓީތަކާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ބައެއް ފަރާތްތަކުން ކްލެމެންސީ ބޯޑަށް ފޮނުއްވާ ސިޓީތަކުގެ ޖަވާބު ނުލިބި ދިގު މުއްދަތެއް ހޭދަވެގެންދާކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލައާ ގުޅޭގޮތުން ކްލެމެންސީ ބޯޑުގެ މެންބަރުންނާ ބައްދަލުކުރުމަށް ކޮމިޓީން ނިންމިއެވެ. މީގެ އިތުރުން ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރެއްވިއެވެ. މިގޮތުން ބިލުގެ ބައެއް މާއްދާތަކާމެދު މަޝްވަރާކޮށް ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރެއްވިއެވެ.
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA