ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

13 އޮކްޓޯބަރު 2020 11:30

ނަންބަރު

53

ޖުޑީޝިއަރީ ކޮމިޓީގެ 53 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މަދަނީ އިޖުރާޢަތުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރެއްވިއެވެ. މިގޮތުން މިބިލު މަޖިލީހުގެ ތަޅުމަށް ފޮނުއްވުމަށްފަހުގައިވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ބިލުގެ ވަކި ވަކި ބައިތަކަށް އިޞްލާޙު ހުށަހަޅުއްވާ، ބިލު އިޞްލާޙުކޮށް ފޮނުއްވަމުން ގެންދަވާތީއާއި، އަދިވެސް މުޅި ބިލުގެ މަސައްކަތް ފުރިހަމަކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުން ނުފޮނުވޭތީ، ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔުމާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ. އެގޮތުން ފޭދޫ ދާއިރާގެ މެންބަރު މުޙަންމަދު ނިހާދު ހުށަހަޅުއްވާފައިވަނީ، ބިލު އަނބުރާ މަޖިލީހަށް ފޮނުވުމަށެވެ. އަދި އެޓަރނީ ޖެނެރަލްގެ އޮފީހުން ބިލު އެއްކޮށް އިޞްލާޙުކޮށް އަނބުރާ މަޖިލީހަށް ފޮނުވުމުން ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދާ ގޮތަށެވެ. މިގޮތަށް ކޮމިޓީއަށް އެވަގުތު ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
12 ފެބްރުއަރީ 2020 - މަދަނީ އިޖުރާއަތުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA