ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

21 އޮކްޓޯބަރު 2020 14:15

ނަންބަރު

55

ޖުޑީޝިއަރީ ކޮމިޓީގެ 55 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަމް ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ތަޙްޤީޤުކުރި މިނިސްޓްރީ އޮފް ހެލްތްއިން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދައުވަކުރާނެ ހެއްކެއް އަދި ޤަރީނާއެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވެ، މި މައްސަލައިގައި ޚިލާފު އުފެދިފައިވާތީ، އެ މައްސަލަ ބައްލަވައިދެއްވުން އެދި މިކޮމިޓީއަށް ފޮނުއްވާފައިވާތީ، އެ މައްސަލަ ކޮމިޓީން ނިންމަވާނެ ސުންގަޑިއަކީ 31 އޮކްޓޫބަރު 2020 ކަމުގައި ކޮމިޓީން ނިންމެވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ލިޔުމުން މަޢުލޫމާތު ހޯއްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށާއި މި އަންނަ ހަފްތާގެ ދުވަހެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ހާޒިރުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްވެސް ކޮމިޓީން ނިންމެވިއެވެ. މީގެއިތުރުން، އަމިއްލަ ފަރާތްތަކުން ފޮނުއްވާފައިވާ ސިޓީތަކާމެދު މަޝްވަރާކުރައްވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA