ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 63 ވަނަ ބައްދަލުވުން

22 ނޮވެމްބަރު 2020 12:05 ނަންބަރު 63

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވަފައވާ ތިރީގައިވާ 2 ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތްކުރެއްވިއެވެ. 1. ޖުވެނައިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން އެ ކޮމިޝަނުން ފޮނުއްވާފައިވާ ރިޕޯޓު 2. ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުއްރައްޒާޤު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން އެ ކޮމިޝަނުން ފޮނުވާފައިވާ ރިޕޯޓު އެއަށްފަހު އެ މައްސަލަތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވައި ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އާއި، ގަވާއިދާއި އަދި އެފަދަ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އިޖްރާޢާތުތަކާއި އެއްގޮތަށް ކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާތީ، އެ ދެ ރިޕޯޓްވެސް މަޖިލީހުން ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކުރެއްވިއެވެ. މީގެ އިތުރުން، ކޮމިޓީއަށް ފޮނުއްވާފައިވާ "އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލަތަކުގެ ޚުލާޞާ ރިޕޯޓު" ކޮމިޓީއަށް ލިބިފައިވާތީ، އެމައްސަލައާ ގުޅޭގޮތުން ފަހުގެ ބައްދަލުވުމެއްގައި ގޮތެއް ނިންމުމަށް ބޭއްވެވިއެވެ. އެއަށްފަހު، ކޮމިޓީއަށް ފޮނުއްވާފައިވާ އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު ނިންމާނެ ސުންގަޑިއަކީ 2021 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ކަމުގައި ކޮމިޓީގައި އެއްބަސްވެވުނެވެ. އަދި ބިލާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށާއި ސްޓޭކްހޯލްޑަރސްގެ ކޮމެންޓް ހޯދުމަށް 22 ޑިސެންބަރު 2020 ގެ ނިޔަލަށް އެ ފަރާތްތަކަށް ދިނުމަށް ކޮމިޓީން ކަނޑައެޅުއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

28 ނޮވެމްބަރު 2020

އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު

ކުރިޔަށް ދަނީ

18 ނޮވެމްބަރު 2020

ޖުޑީޝަލް ސަރވިސް ކޮމިޝަން ރިޕޯޓް ނަންބަރު D-TC58/TF10/2020/05

ކޮމެޓީ މަސައްކަތް ނިމިފައި

18 ނޮވެމްބަރު 2020

ޖުޑީޝަލް ސަރވިސް ކޮމިޝަން ރިޕޯޓް ނަންބަރު D-TC114/TF10/2020/21

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA