ކޮމިޓީގެ ނަން

ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު ދިރާސާކުރުމަށް ހޮވި ޖޮއިންޓް ކޮމިޓީ

ތާރީޚް

27 އޮކްޓޯބަރު 2020 14:00

ނަންބަރު

2

2020 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުގައްރިރު އިސްތިޢުފާ ދެއްވުމުގެ ސަބަބުން ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. އެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ލީގަލް އޮފިސަރ، އަލްއުސްތާޛް ޙަސަން އަދުހަމް އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ތާއީދުކުރައްވާ ފައިވަނީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ހުޅުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ނިޔާޒް މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު، ކުރިއަށް ގެންދެވީ، ބިލުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވުމެވެ. އެގޮތުން، ބިލާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކުގެ ހިޔާލު ހޯދުމަށް ސިޓީ ފޮނުވުމަށް ނިންމެވިއެވެ. އަދި އެ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށްވެސް ނިންމެވިއެވެ. އަދި ބިލު ގެ ބައްދަލުވުންތައް ބޭއްވުމަށް ކޮންމެ ހަފްތާއެއްގެ ހޯމަ އަދި އަންގާރަ ދުވަސް ކަނޑައެޅުއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
19 އޮކްޓޯބަރު 2020 - ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA