ކޮމިޓީގެ ނަން

ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު ދިރާސާކުރުމަށް ހޮވި ޖޮއިންޓް ކޮމިޓީ

ތާރީޚް

24 ނޮވެމްބަރު 2020 14:00

ނަންބަރު

8

2020 ވަނަ އަހަރުގެ 08 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ބިލާގުޅޭގޮތުން ބޭއްވުމަށް ނިންމަވާފައިވާ ޕަބްލިކް ފޯރަމް ބާއްވާނެ ދުވަހަކާ ގުލޭގޮތުން މަޝްވަރާކުރެއްވުމެވެ. އެ ގޮތުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޕަބްލިކް ފޯރަމް ބޭއްވުމަށް ކޮމިޓީން ފާސްކުރެއްވިއެވެ. އެއަށްފަހު ބިލް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް 7 މެންބަރުންގެ ސަބް ކޮމިޓިއެއް ހޮއްވެވިއެވެ. މި ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ: 1.ހުޅުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ނިޔާޒް؛ 2.އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު؛ 3.ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް؛ 4.ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ؛ 5.މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން؛ 6.ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް؛ އަދި 7.ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން އެވެ. އެއަށްފަހު ބިލުގެ ސުންގަޑި 26 ނޮވެމްބަރ 2020 އަށް ހަމަވާތީ ބިލުގެ ސުންޑިއަކީ 28 ފެބްރުއަރީ 2021 ކަމުގައި ކޮމިޓީއިން ނިންމަވާ މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
19 އޮކްޓޯބަރު 2020 - ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA