ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

2 ނޮވެމްބަރު 2020 11:00

ނަންބަރު

37

2020 ވަނަ އަހަރުގެ އިޖްތިމާޢީ ކޮމިޓީގެ 37 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މަޝްވަރާކުރެއްވެވިއެވެ. ފުރަތަމަ، ދަޢުލަތުން ކުދިން ބެލެހެއްޓުމަށް ކަނޑައަޅުއްވާފައިވާ ތަންތަނަށް ކުރުމަށް ނިންމަވާފައިވާ ދަތުރާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. އެއަށްފަހު، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެ ބޭފުޅުންނާ ބައްދަލުކުރެއްވުމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. އަދި، ރެޑް ސޭފް މޯލްޑިވްސް އިން ފޮނުއްވާފައިވާ ސިޓީއާމެދު ކޮމިޓީގެ މެންބަރުން މަޝްވަރާކުރެއްވެވިއެވެ. އެއަށްފަހު، ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA