ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

9 މޭ 2021

ސްޓޭޓަސް

ކޮމެޓީ މަސައްކަތް ނިމިފައި

ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުންނަށް ދެވޭ ޚާއްސަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް އިޞްލާޙް އައުމަށްފަހުވެސް ދެމުންގެންދިއުން

ޚުލާސާ

ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގެ ދަށުން މަޤާމުން ވަކިވާ ފަނޑިޔާރުންނަށް އެ މާއްދާގެ (އ) އަށް ރިޢާޔަތްކޮށް، "ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުންނަށް ދެވޭ ޚާއްސަ ޢިނާޔަތްތަކާއި އިމްތިޔާޒުތަކުގެ ގަވާއިދު" ގައި ބުނެފައިވާ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ފަނޑިޔާރުކަމުން ވަކިވާ ތާރީޚުން ފެށިގެން އެ ފަރާތްތަކަށް ޙައްޤުވާނެކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/01/SC ސަރކިއުލަރގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުން އެ ޤާނޫނުގެ 5 ވަނަ މާއްދާގައިވާ އަކުރުތަކެއް އުނިކުރެވިފައިވީނަމަވެސް، މި އިޞްލާޙް އައުމަށްފަހުވެސް ކުރިން ދެމުން އައިގޮތަށް ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުންނަށް ދެވޭ ޚާއްސަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދީފައިވާކަން ބަޔާންކޮށް، 09 މޭ 2021 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުއްވާފައިވާ ސިޓީ

މިހާރު އޮތް ހިސާބް

24 އޯގަސްޓު 2021 - ކޮމެޓީ މަސައްކަތް ނިމިފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA