ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

28 ސެޕްޓެމްބަރު 2022

ސްޓޭޓަސް

ކޮމެޓީ މަސައްކަތް ނިމިފައި

ތ. ފުނައްޑޫގެ މަސް ފެކްޓްރީގެ މަސައްކަތްތައް ލަސްވަމުންދާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ހުށަހަޅުއްވާފައިވާ މައްސަލަ.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ތ. ފުނައްޑޫގެ މަސް ފެކްޓްރީއިން ރޯމަސް ގަނެ މި މަސައްކަތް ފެށުމަށް ކުރަން ހުރި މަސައްކަތްތައް ލަސްވަމުންދާތީ، އެކަމުގައި މިފްކޯއިން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށްފައިވާކަން ނުވަތަ ނޫންކަން ބައްލަވައިދެއްވުމަށް އެދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ހުށަހަޅުއްވާފައިވާ މައްސަލައާ މެދު މަޝްވަރާ ކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ދެއްވާފައިވާ ޖަވާބަށް ރިޢާޔަތްކުރައްވާ، ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނައުންފަދަ ބޮޑު މަޝްރޫޢެއް ހިންގުމުގެ ފައިނޭންޝިއަލް ޤާބިލުކަން އެކުންފުނީގެ ނެތުމުގެ ސަބަބުން، ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެންދިއުމަށް ސަރުކާރުން ފައިސާ ހަމަޖައްސައި ދެއްވުމަށް އެދިފައިވާކަމަށް އެކުންފުނިން ޖަވާބު ދެއްވާފައިވާކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް އަށް ޖަވާބު ދެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ.

މިހާރު އޮތް ހިސާބް

14 ފެބްރުއަރީ 2023 - ކޮމެޓީ މަސައްކަތް ނިމިފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA