ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

14 ފެބްރުއަރީ 2023 11:00

ނަންބަރު

2

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2023 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ތ. ފުނައްޑޫގެ މަސް ފެކްޓްރީއިން ރޯމަސް ގަނެ މި މަސައްކަތް ފެށުމަށް ކުރަން ހުރި މަސައްކަތްތައް ލަސްވަމުންދާތީ، އެކަމުގައި މިފްކޯއިން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށްފައިވާކަން ނުވަތަ ނޫންކަން ބައްލަވައިދެއްވުމަށް އެދި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ހުށަހަޅުއްވާފައިވާ މައްސަލައާ މެދު މަޝްވަރާ ކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ދެއްވާފައިވާ ޖަވާބަށް ރިޢާޔަތްކުރައްވާ، ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެނައުންފަދަ ބޮޑު މަޝްރޫޢެއް ހިންގުމުގެ ފައިނޭންޝިއަލް ޤާބިލުކަން އެކުންފުނީގެ ނެތުމުގެ ސަބަބުން، ފުނައްޑޫ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެންދިއުމަށް ސަރުކާރުން ފައިސާ ހަމަޖައްސައި ދެއްވުމަށް އެދިފައިވާކަމަށް އެކުންފުނިން ޖަވާބު ދެއްވާފައިވާކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް އަށް ޖަވާބު ދެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ. އެއަށްފަހު، އިންތިޙާބުތަކާ ގުޅުވައިގެން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ސަރުކާރުން ބޭނުން ކުރާކަމަށާއި އިންތިޙާބަށް ނުފޫޒު ފޯރުވާ ގޮތަށް މަޝްރޫޢުތައް އިއުލާންކުރާކަމަށާއި ލޯނު ދިނުމާއި މަޤާމުތައް ދޭކަމަށް ބަޔާންކޮށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލިމަންޓަރީ ގްރޫޕް ލީޑަރ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް 11 މެއި 2022 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލަ ކޮމިޓީގެ މަރުޙަލާގައި ދިރާސާކުރެއްވުމަށްޓަކައި، އެ މައްސަލައިގައި ތުޙުމަތުކުރައްވާ ކަންކަމުގެ އިތުރު ތަފްޞީލް ހުށަހެޅުއްވުމަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފްއަށް ދެންނެވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA