ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

2 ޑިސެމްބަރު 2022

ސްޓޭޓަސް

ކޮމެޓީ މަސައްކަތް ނިމިފައި

އިންތިޙާބުތަކާ ގުޅުވައިގެން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ސަރުކާރުން ބޭނުން ކުރާކަމަށް ބަޔާންކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މަައްސަލަ.

ޚުލާސާ

އެއަށްފަހު، އިންތިޙާބުތަކާ ގުޅުވައިގެން ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ސަރުކާރުން ބޭނުން ކުރާކަމަށާއި އިންތިޙާބަށް ނުފޫޒު ފޯރުވާ ގޮތަށް މަޝްރޫޢުތައް އިއުލާންކުރާކަމަށާއި ލޯނު ދިނުމާއި މަޤާމުތައް ދޭކަމަށް ބަޔާންކޮށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޕާލިމަންޓަރީ ގްރޫޕް ލީޑަރ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް 11 މެއި 2022 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، މި މައްސަލަ ކޮމިޓީގެ މަރުޙަލާގައި ދިރާސާކުރެއްވުމަށްޓަކައި، އެ މައްސަލައިގައި ތުޙުމަތުކުރައްވާ ކަންކަމުގެ އިތުރު ތަފްޞީލް ހުށަހެޅުއްވުމަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފްއަށް ދެންނެވުމަށް ނިންމެވިއެވެ.

މިހާރު އޮތް ހިސާބް

14 ފެބްރުއަރީ 2023 - ކޮމެޓީ މަސައްކަތް ނިމިފައި

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA