ޖަލްސާގެ ނަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/2/2019

ދައުރު

2019ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

ބުދަ 29 މޭ 2019 10:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެކުލަވާލައްވަން 11 މެންބަރުންގެ ވަގުތީ ކޮމިޓީއެއް ނަންގަވައި، ގަވާއިދު އެކުލަވާލައްވަންދެން 17 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލައްވާފައިވާ ގަވާއިދަށް ޢަމަލުކުރައްވަން މިއަދު ބޭއްވުނު ޖަލްސާގައި ވަނީ ފާސްކުރައްވައިފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (5) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައި، ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްޔާސް ލަބީބު ތާޢީދުކުރައްވާފައިވާ، ތުޅާދޫ ދާއިރާގެ އިޢްޒަތްތެރި މެންބަރު ޙިސާން ޙުސަޢިން ވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގައި ފާސްކުރެވުނެވެ.

މިއަދުގެ ޖަލްސާގައި، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ މިސްޓަރ ނަރެންދްރާ މޯދީ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އެރުވުމަށް ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ވަނީ ފާސްކުރައްވާފައެވެ.

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ރުހުން ހޯދުން
އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ މިސްޓަރ ނަރެންދްރާ މޯދީ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމުގެ މައްސަލަ

މަޖިލީހުން ފާސްކޮށްފައި

ރުހުން ހޯދުން
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމުގެ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ކުއްލި މައްސަލަ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
މަޖިލީހުން އެކުލަވާލަންޖެހޭ ގަވާއިދާގުޅޭ ގޮތުން ހުށަހަޅާ މައްސަލަ

މަޖިލީހުން ފާސްކޮށްފައި

އެހެނިހެން
މަޖިލީހުން އެކުލަވާލަންޖެހޭ ގަވާއިދާގުޅޭ ގޮތުން ހުށަހަޅާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާ ބެއްލެވުމަށް

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA