ޖަލްސާގެ ނަން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 38 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/38/2019

ދައުރު

2019ވަނަ އަހަރުގެ ދެވަނަ ދައުރު

ތާރީހު

އާދިއްތަ 25 އޯގަސްޓު 2019 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ބަޖެޓު ކޮމިޓީއަށް ފޮނުވުން

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޖިލީހަށް ފޮނުއްވާފައިވާ ރިޕޯޓަށް ބަހުސްކުރުމަށްފަހު، އިތުރަށް ދިރާސާކުރުމަށް ޖުޑީޝިއަރީ ކޮމިޓީއަށް ފޮނުވުނު

ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާފައިވާ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި ގުޅީފަޅުން ބިން ގަނެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާ ގުޅޭގޮތުން ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ހުށަހަޅުއްވާފައިވާ، ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ގޮވާލާ ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ރަށްރަށުގެ ސަރަޙައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަދިކަން އެ ރަށަކަށް ލިބިދިނުމަށް ގޮވާލާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ގެދޮރު ނެތް ފަރާތްތަކަށާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިރައްޔިތުންނަށް ގޯތި ދެވޭވަރުގެ ޖާގައޮތް ރަށްރަށުން ގޯތި ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވާފައިވާ، ދިވެހިރައްޔިތުންނަށް މާލެއާއި ރަށްރަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުން

ސަރުކާރުގެ ފަރާތުން، ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވާފައިވާ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާބެހޭ ބިލުގެ އިބްތިދާޢީ ބަހުސްކުރިއަށްގެންދެވުން

"ޑަބްލިއު ޓީ އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދެއްވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅާއި، ކޮމިޓީން ރިޕޯޓު ނިންމެވިގޮތަށް މަޖިލީހުން ފާސްކުރެއްވި

"ސައުތު އޭޝިއަން ރީޖަނަލް އިންޓެލިޖެންސް އެންޑް ކޯޑިނޭޝަން ސެންޓަރ އޮން ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް (SAARICC-TOC)" ގައި ދިވެހިރާއްޖެއިން ސޮއިކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދެއްވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ، ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅާއި، ކޮމިޓީން ރިޕޯޓު ނިންމެވިގޮތަށް މަޖިލީހުން ފާސްކުރެއްވި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅާއި، ކޮމިޓީން ރިޕޯޓު ނިންމެވިގޮތަށް މަޖިލީހުން ފާސްކުރެއްވި (މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ނަންބަރު: M19/ML/2019/16)

އަރިއަތޮޅު ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕައިލޮޓް ޕްރޮޖެކްޓްގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވި (މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ނަންބަރު: M19/ML/2019/12)

ބިލްޑިންގ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އޮފް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ނޭޝަނަލް އިމްޕްލިމެންޓިންގ އެޖެންސީ ޓު އިމްޕްލިމެންޓް ނޭޝަނަލް ޓްރޭޑް އެޖެންޑާ އިންކްލޫޑިންގ ދި އެންހޭންސްޑް އިންޓެގްރޭޓެޑް ފްރޭމްވަރކްގެ 2014، 2015، 2016 އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވި (މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ނަންބަރު: M19/ML/2019/13)

ސްޓްރެންތެނިންގ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އޮފް ކީ ނޭޝަނަލް ޓްރޭޑް ފެސިލިޓޭޝަން އެޖެންސީސް ޓު ޑީޕެން މޯލްޑިވްސް ކެޕޭސިޓީ ޓު ކޮމްޕެޓެޓިވްލީ އެންގޭޖް އިން އިންޓަރނޭޝަނަލް ޓްރޭޑް އިން ގުޑްސް އެންޑް ސަރވިސަސް ޕްރޮޖެކްޓްގެ 2014، 2015، 2016 އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރެއްވި (މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ނަންބަރު: M19/ML/2019/14)

ޖަލްސާގައި ކުރެވުނު މަސައްކަތްތައް

ރުހުން ހޯދުން
"ޑަބްލިއު ޓީ އޯ ޓްރޭޑް ފެސިލިޓޭޝަން އެގްރީމަންޓް" ދިވެހިރާއްޖެއިން ތަޞްދީޤުކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ

ކޮމިޓީ މަރުޙަލާ

ރުހުން ހޯދުން
"(SARICC-TOC)" ގައި ދިވެހިރާއްޖެއިން ސޮއިކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދެއްވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ނަންބަރު: M19/ML/2019/16

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ނަންބަރު: M19/ML/2019/12

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ނަންބަރު: M19/ML/2019/13

މަޖިލީހުގެ މަސައްކަތް ނިމިފައި

އެހެނިހެން
މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ނަންބަރު: M19/ML/2019/14

މަޖިލީހުގެ މަސައްކަތް ނިމިފައި

ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA