ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ހުށަހެޅުއްވުން. ނަމަވެސް މި މައްސަލަ މަޖިލީހުން ބަލައިގަތުމަށް ފާހެއްނުވި
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަމަށް މ.ފަލްކަންގެ، އަލްފާޟިލް މުޙައްމަދު ނާޞިޙް އަދި ކޮމިޝަންގެ ނައިބު ރައީސްކަމަށް ބްލެކް/ ރ.މީދޫ، އަލްފާޟިލް އިބްރާހީމް ރަޝީދު ޢައްޔަންކުރެއްވުން
ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުސްވެފައިވާ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމަށް، ދިޔަވަރު/ ބ.އޭދަފުށި، އަލްފާޟިލް އަޙްމަދު ޢިމާދުގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން
ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް (ދަފްތަރު ނަންބަރު 4336)، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް 30 އޮގަސްޓު 2020 ގައި ޢައްޔަންކުރައްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރިއަށް ގެންދެވުމަށްފަހު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ، ދަފްތަރު. ނަންބަރު 4336، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމްގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން
މަޖިލީހުން ފާސްކޮށްފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
މަޖިލީހުގެ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA