ދައުލަތުގެ އިދާރާތަކާގުޅޭ ދާއިމީ ކޮމިޓީ
މެންބަރުން
ކޮމިޓީ މަސައްކަތް
ކޮމިޓީ ބައްދަލުވުން
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ މިނިވަން މުއައްސަސާތަކުގެ ކަންކަން ދިރާސާކުރުމާއި، މިނިވަން މުއައްސަސާތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ މިނިވަން މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް އެ މުއައްސަސާތަކުން އަދާކުރަމުންދާ މިންވަރު ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މީގެ އިތުރުން ޤާނޫނުއަސާސީއާއި ޤާނޫނުތަކުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގެ ތެރެއިން އެހެން ކޮމިޓީއެއްގެ މަސްއޫލިއްޔަތުގެ ދާއިރާގައި ނުހިމެނޭ މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތައް ޖަވާބުދާރީކުރުވުމާއި، އެ މުއައްސަސާތަކުގެ އަހަރީ ރިޕޯޓު ދިރާސާކުރުމާއި، އެ މުއައްސަސާތަކާ ގުޅޭގޮތުން ޢާންމުންނާއި އެހެނިހެން ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމާއި، އެ މުއައްސަސާތަކުގެ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ބިލުތައް ދިރާސާކޮށް މަޖިލީހަށް ހުށަހެޅުމާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުކަމަށާއި މުސްތަޤިއްލު މަޤާމުތަކަށް ޢައްޔަންކުރާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންޖެހޭ ފަރާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދައި ދިރާސާކޮށް އިންޓަރވިއުކުރުމާއި، މިނިވަން މުއައްސަސާތަކާ ބައްދަލުކޮށް އެ މުއައްސަސާތަކުގެ ހިންގުމާ ގުޅޭގޮތުން މަޢުލޫމާތު ހޯދައި ސުވާލުކޮށް، އެ މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ބަލައި، އިޞްލާޙުކޮށްދޭންޖެހޭ ކަންކަން ބަޔާންކޮށްދިނުމާއި، މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން މަޤާމުން ވަކިކުރަންޖެހޭ ފަރާތްތަކާ ގުޅޭގޮތުން މަޖިލީހަށް ލަފާ އެރުވުމެވެ.
Oct
26
26 އޮކްޓޯބަރު 2026, 11:00
Oct
20
20 އޮކްޓޯބަރު 2026
Oct
13
13 އޮކްޓޯބަރު 2026
Oct
12
12 އޮކްޓޯބަރު 2026
Oct
07
7 އޮކްޓޯބަރު 2026
Aug
24
24 އޯގަސްޓު 2026
6 އޮކްޓޯބަރު 2026
މިނިވަން މުއައްސަަސާތަކުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރުން.
ކުރިޔަށް ދަނީ
24 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
ކޮމެޓީ މަސައްކަތް ނިމިފައި
23 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
18 އޯގަސްޓު 2026
އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީޔޫ) އިން ފާސްކުރި ޤަރާރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީ.
ކޮމެޓީ މަސައްކަތް ނިމިފައި
16 އޯގަސްޓު 2026
ކޮމިޓީގައި ހުރި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުން.
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA