ދައުލަތުގެ އިދާރާތަކާގުޅޭ ދާއިމީ ކޮމިޓީ
މެންބަރުން
ކޮމިޓީ މަސައްކަތް
ކޮމިޓީ ބައްދަލުވުން
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ މަސްއޫލިއްޔަތަކީ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއާގުޅޭ ކަންކަން ދިރާސާކުރުމާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާގުޅޭ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، އަދި އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީއާ ގުޅޭގޮތުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާއި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާއި، ޤައުމީ ފެންވަރުގައި އެކުލަވާލައި ހިންގާ ޕަބްލިކް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ޑިޖިޓަލް ސަރވިސްތައް ހިންގާ އިދާރާތައް ނުވަތަ ހިންގުމަށް އުފައްދާ އެންމެހައި އިދާރާތަކާއި، އަދި މިނޫންވެސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ މަސައްކަތް ރާވައި ހިންގާ ނުވަތަ ރާވައި ހިންގަންޖެހޭ ސަރުކާރުގެ އިދާރާތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 133 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ބ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ ކަންކަން ކުރުމެވެ. މިގޮތުން، އެ އިދާރާތަކުން ހުށަހަޅާ ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއި، އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެކަންކަމުގައި ކުރިއަށް ދެވިދާނެގޮތުގެ ލަފާދިނުމާއި، އެ އިދާރާތަކާ ބައްދަލުކޮށް، އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމެވެ.
Nov
09
9 ނޮވެމްބަރު 2026
Oct
27
27 އޮކްޓޯބަރު 2026
Oct
21
21 އޮކްޓޯބަރު 2026
Oct
20
20 އޮކްޓޯބަރު 2026
Oct
19
19 އޮކްޓޯބަރު 2026
14 ޖުލައި 2026
ޑިޖިޓަލް އައިޑެންޓިޓީގެ ބިލު
ކުރިޔަށް ދަނީ
14 ޖުލައި 2026
މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު
ކުރިޔަށް ދަނީ
22 ޖޫން 2026
ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ، ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު
ކުރިޔަށް ދަނީ
15 ޖޫން 2026
ސަރުކާރުގެ ފަރާތުން، މެދު ހެންވޭރު ދާއިރާގެ މެންބަރު ޙުސައިން ނާޞިޙް ހުށަހަޅުއްވާފައިވާ ސައިބަރ ސެކިއުރިޓީގެ ބިލު
ކުރިޔަށް ދަނީ
26 މާރިޗު 2026
ޑަބްލިޔު.އެފް.ޑީގެ ފަރާތުން ހުށަހަޅުއްވާފައިވާ ޕޮލިސީ ކަރުދާސް
ކުރިޔަށް ދަނީ
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA