ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

8 ޖުލައި 2019 14:05

ނަންބަރު

12

2019 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްއާ ކޮމިޓީއިން ބައްދަލުކުރައްވާއިރު އެ ބޭފުޅާއާ ސުވާލުކުރާނެ ދާއިރާތައް ކަނޑައެޅުއްވުމުގެ މަސައްކަތް މެންބަރުން ކުރެއްވިއެވެ. އެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މެންޑޭޓާއި، މަސައްކަތްތައް ކުރެވެމުންދާ ގޮތާއި ބައެއް މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވާ ނިންމެވުންތަކާ ގުޅޭގޮތުން ސުވާލުކުރެއްވުމަށް މެންބަރުން ހުށަހެޅުއްވިއެވެ. އަދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޢަދަދު ލިޔުމުން ހޯއްދެވުމަށާއި، ޝަރީޢަތުގެ މަޖިލިސް ސިއްރު ކުރައްވަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ގެންގުޅުއްވާ އުސޫލާއި، ޑޮކިއުމެންޓްތައް ސިއްރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ގެންގުޅޭ އުސޫލަކީ ކޮބައިކަން ސާފުކުރެއްވުމަށް ކޮމިޓީއިން ނިންމެވިއެވެ. މީގެ އިތުރުން، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މަސައްކަތްތައް ހަރުދަނާކޮށް އިސްލާހުކުރުމާއި ގުޅޭގޮތުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތްވެސް ކޮމިޓީއިން ކުރައްވާފައިވެއެވެ. މިގޮތުން މި މައްސަލަ ހުށަހަޅުއްވާފައިވާ މ.އާޕިޔާ/ މުހައްމަދު ޒާހިރު، މި މައްސަލައާ ގުޅޭގޮތުން ކޮމިޓީއަށް ހާޟިރުކޮށް މަޢުލޫމާތު ސާފުކުރުމަށް ފެންނަކަމަށާއި އެ ބައްދަލުވުމުގައި މުޅި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ބައިވެރިކުރުމަށް ނުފެންނަކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ހުށަހަޅުއްވިއެވެ. އަދި މި ހުށަހެޅުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ތާއިދު ކުރައްވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
8 ޖުލައި 2019 - ޕްރޮސިކިއުޓަރ ޖެނެރަލްއާ ބައްދަލުކުރެއްވުން
25 ޖޫން 2019 - ޢާންމުން ފޮނުއްވާ ސިޓީތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA