ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

8 ފެބްރުއަރީ 2021 10:00

ނަންބަރު

4

2021 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގޮސްފައިވަނީ، ތ. ވަންދޫ ގިރާސަރަހައްދު ޙިމާޔަތް ކުރުމުގe އަމަލީ މަސައްކަތް ނުފެށިވާތީ އެކަމާ ގުޅޭގޮތުން ވަންދޫ ކައުންސިލުން ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން އެ ކައުންސިލާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ސާފުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. ދެވަނަ ކަމަކަށް މިއަދިގެ ބައްދަލުވުމުގައި ކުރިއަށްގޮސްފައިވަނީ، އދ. އޮމަދޫގައި ވާރޭފެން ރައްކާތެރިކުރުމުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑިފައިވާތީ އެކަމާއި ގުޅޭގޮތުން އޮމަދޫ ކައުންސިލުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން އެ މައްސަލަ ހައްލުކުރުމަށް އޮމަދޫ ކައުންސިލްއާ ސަރުކާރުގެ އިދާރާތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ސާފުކުރުމަށް ކޮމިޓީން ނިންމވާފައިވެއެވެ. ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އިދާރާތަކުން ކުރައްވަމުންގެންދަވާ އަދި ކުރައްވަން ގަސްތުކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތިރީގައިވާ އިދާރާތަކުގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ. 1- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް 2- އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޮތޯރިޓީ 3- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA