ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

19 އޮކްޓޯބަރު 2020 12:00

ނަންބަރު

19

2020 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ19 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާކުރެވިފައިވަނީ "ކޮވިޑް-19އާ ގުޅިގެން ޢަމަލުކުރަމުންދާ އައު ގައިޑްލައިންތަކުގެ ސަބަބުން ރެސްޓޯރަންޓް، ކެފޭ އަދި އެހެނިހެން ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކާ ކަންބޮޑުވުންތަކަށް ލުޔެއް ހޯދުމަށްޓަކައި ހުށަހަޅުއްވާފައިވާ ޕެޓިޝަން" ދިރާސާކުރުމެވެ. އެގޮތުން މި ޕެޓިޝަނާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، މާލޭ ވޯޓާ އެންޑް ސްވެރެޖް ކޮންޕެނީ، ދިރާގު އަދި އުރީދޫ އަށް ފޮނުވާފައިވާ ސިޓީގެ ޖަވާބަށް ރިޢާޔަތްކޮށް ކޮމިޓީން ނެރުއްވަވާފައިވާ ނޫސްބަޔާނުން އެ ޕެޓިޝަން ހުށަހެޅުއްވެވި ފަރާތްތަކަށް ޖަވާބެއް ދެއްވޭނެކަމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު، ލޯކަލް މާރުކޭޓް ގޮޅިތައް ހިންގަވާ ފަރާތްތަކުން ފޮނުއްވާފައިވާ ޕެޓިޝަންއާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. އެގޮތުން، މި ޕެޓިޝަނާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA