އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 50 ވަނަ ބައްދަލުވުން

18 ނޮވެމްބަރު 2019 12:30 ނަންބަރު 50

ޚުލާސާ

1. ޤާނޫނު ނަންބަރު 2011/5 ( ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އާއި 2010/03 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްދެއްވައި ޢާންމު ރައްޔިތުންނާއި އަދި ޓެކްސް ދައްކާ ފަރާތްތަކަށް ވެސް ލުއިފަސޭހަ ވާނެ ގޮތެއްގެ މަތިން ޓެކްސް ދެއްކޭނެ ގޮތައް ޤާނޫނުތައް ބަދަލުކޮށްދެއްވުން އެދި އުޘްމާން ހަފީޘް، މުޝްތަރީގެ/ ހއ. ދިއްދޫ ފޮނުއްވާފައިވާ މައްސަލަ؛ މިމައްސަލަ އާއި މެދު ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ސަމާލުކަމަށް މި ސިޓީ ފޮނުއްވުމަށާއި، ޓެކްސް ޤާނޫނުތަކަށް ގެނައުމަށް ހަމަޖެހިފައިވާ އިޞްލާޙުތަކާއި، އިންކަމް ޓެކްސް ޤާނޫނުގެ ޒަރީޢާއިން ސިޓީގައި ބަޔާންކުރައްވާފައިވާ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ސަމާލުކަމަށް މި ސިޓީ ފޮނުއްވާފައިވާކަން ބަޔާންކުރައްވާ، ސިޓީ ފޮނުއްވާފައިވާ ފަރާތަށް ޖަވާބު ފޮނުއްވުމަށް ނިންމެވިއެވެ. މިއަށްފަހު، ކުރިއަށް ގެންދެވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން ނެރުއްވާފައިވާ ރޫލިންގތަކާއި އަދި ޢަމަލުކުރައްވަމުން ގެންދަވާގޮތުގެ ސަބަބުން ކުރަމުންގެންދާ ވިޔަފާރީގެ މަސައްކަތްތަކަށް އެޅިފައިވާ ހުރަސްތަކުން ސަލާމަތްވާނެގޮތަށް ސަރުކާރުގެ ފަރާތުން ރާއްވަވައިދެއްވުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސްއަށް ޢަބްދުއް ޞަމަދު މުޙައްމަދު ފޮނުއްވާފައި ސިޓީގެ ކޮޕީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވީނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަކީ ތިޔަ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަނަކަށްވާތީ، އެ އޮތޯރިޓީއާ ގުޅޭގޮތުން ހުށަހަޅުއްވާ ސިޓީތައް ލިބެންވާނީ އިޤްތިޞާދީ ކޮމިޓީއަށް ކަމަށާއި، އެ މައްސަލަ ބައްލަވައިދެއްވައި، މައްސަލަ ނިންމެވި ގޮތުގެ ތަފްޞީލު ޙިއްޞާކޮށްދެއްވުން އެދި މިނިވަން މުއައްސަސާ ކޮމިޓީން ފޮނުއްވާފައިވާ ސިޓީއާ މެދު މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. މި ސިޓީއާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، އެ މައްސަލައަކީ މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް އިބްރާހީމް އަމީރަށް އެޑްރެސްކުރައްވައި އެ މިނިސްޓްރީއަށް ފޮނުއްވައި، ރައްޔިތުންގެ މަޖިލީހަށް ކޮޕީކުރައްވައި ފޮނުއްވާފައިވާ މައްސަލައަކަށްވާތީ، އެ މައްސަލައަކީ މި ކޮމިޓީން އިތުރަށް ދިރާސާކުރަންޖެހޭ މައްސަލައެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ މި ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ މުއައްސަސާއަކަށްވާތީ، އެ އޮތޯރިޓީގެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލައި ޒިންމާދާރުކުރުވުމުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދަވާނެކަމަށް އެންގުމަށް ނިންމެވިއެވެ. މިއަށްފަހު، ގިނަ ޢަދަދެއްގެ ޔޮޓް ފަހަރު ކުރިން ބަނދަރުކުރާ ހއ.އުލިގަމަށް ޔޮޓް އައުން ސަރުކާރުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ސަބަބުން ވަރަށް ބޮޑަށް މަދުވެފައިވާކަމަށް ފާހަގަކުރައްވައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު މައްސަލައެއް ހުށަހަޅުއްވިއެވެ. ކޮމިޓީގެ މެންބަރުންގެ މެދުގައި މިކަމާމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ މި މައްސަލައާ ގުޅޭގޮތުން ތިރީގައިވާ ފަރާތްތަކާ ބައްދަލުކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މޯލްޑިވްސް އިމިޤްރޭޝަން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އެމް.ޕީ.އެލް، މެރިން ޕޮލިސް، ޕޯޓް ހެލްތް، މަޓާޓޯ، މަޓީ، ޔޮޓް އެސޯސިއޭޝަން (މާޔާ)، ޔޮޓް އޮޕަރޭޓަރުން، އެމް.އެމް.ޕީ.އާރް.ސީ، އެމް.ޓީ.ޑީ.ސީ، އެމް.އައި.ޓީ.ޑީ.ސީ، އުލިގަމު ކައުންސިލް

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

19 ނޮވެމްބަރު 2019

ހއ. އުލިގަމުގައި ޔޮޓް ބަނދަރުކުރުން، މިހާރު މަދުވެފައިވާކަމަށް ފާހަގަކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

14 ނޮވެމްބަރު 2019

މިނިވަން މުއައްސަސާ ކޮމިޓީން އިޤްތިޞާދީ ކޮމިޓީއަށް ދިރާސާކުރެއްވުމަށް ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

11 އޮކްޓޯބަރު 2019

އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން ފޮނުވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA