ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

17 އޯގަސްޓު 2021 14:15

ނަންބަރު

31

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 31 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް ގެނެސްފައިވާ އިސްލާޙުތަކާ ގުޅޭގޮތުން ވެއިޓިސް އެސް.އޭ އިން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވައި، އެ ޤާނޫނަށް އަށް 10 ވަނަ އިސްލާޙު ގެނެވި ޢަމަލުކުރަން ފެށުމާއި ގުޅިގެން ސަރުކާރު ހިމެނޭގޮތަށް ޖޮއިންޓް ވެންޗަރ ކުންފުނިން ޚިއްސާ ގަތުމުގައި، އެ އިސްލާޙުގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު 2021/R-44 (ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި، ރަށްރަށާއި ބިންބިމާއި ފަޅު ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި، ދިވެހި ސަރުކާރުގެ ޚިއްސާ ހިމެނޭގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ދިވެހި ސަރުކާރުގެ ޚިއްސާ ވިއްކާލުމާބެހޭ ގަވާއިދު) އަށް ޢަމަލުކުރަން ފެށުމުން މިމައްސަލައަށް ޙައްލު ލިބިގެންދާނެކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވައި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާޢީދުކުރައްވައި، އެއްވެސް މެންބަރެއްގެ އިޢުތިރާޒެއް ނެތުމުން ފާސްވެފައިވެއެވެ. މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ލިމިޓެޑްއަށް މަތިކޮށްފައިވާ މަސައްކަތްތަކާއި މަޤްޞަދުތައް ހާސިލްކުރުމަށް އެ ކުންފުންޏަށް ދިމާވާ ދަތިތައް މަޝްވަރާކުރެއްވުމަށްފަހު، އެމައްސަލަ ފަހުން އިތުރަށް ދިރާސާކުރެއްވުމަށް ނިންމިއެވެ. މޯލްޑިވިއަންގެ ޕައެލެޓުން އިހުތިޖާޖު ކުރައްވާފައިވާ މައްސަލަ ދިރާސާކުރައްވައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާލައްވާފައިވާ ހިއުމަން ރިސޯސް ޕޮލިސީއަށް އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ޢަމަލު ކުރައްވަމުންގެންދަވާތޯ ސާފުކުރެއްވުމަށް ނިންމިއެވެ. މީގެ އިތުރުން، މިދިޔަ 5 އަހަރުތެރޭ ޕީ.އެސް.އެމް ގައި ހިނގާފައި ހުރި ކަންތައްތަކާއި ދިމާވެފައިވާ މައްސަލަތަކުގެ މަޢުލޫމާތު ހޯދުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރައްވައި، އެ ކުންފުނިން އިންޓަރނަލް އޮޑިޓް ހައްދަވާތޯ ސާފުކުރެއްވުމަށާއި، އެންޓި-ކޮރަޕްޝަން ކޯޕަރޭޝަނަށް ހުށަހެޅިފައިވާ އެ ކުންފުނީގެ މައްސަލަތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށް ނިންމެވިއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ފެއްޓެވުމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކުން ގެންގުޅުއްވާ އުސޫލާއި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ފެއްޓެވޭނެ ތާރީޙެއް ހޯއްދެވުމަށް އެދިވަޑައިގެން، އިގްތިޞާދީ ކޮމިޓީން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރައްވައި، އެ މައްސަލައިގެ މަޢުލޫމާތު އިޤްތިޞާތީ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA