ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

6 ސެޕްޓެމްބަރު 2021 11:10

ނަންބަރު

36

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 36 ވަަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ނަގާފައިވާ ލޯނުތައް ބެލުމަށް ދެން އޮތް ކޮމިޓީއެއްގައި އެޖެންޑާ ކުރުމަށް ނިންމެވިއެވެ. މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ލިމިޓެޑް(އެމް.އެން.ބީ.ސީ)އިން މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 1,328,672 (އެއް މިލިއަން ތިން ލައްކަ އަށާވީސް ހާސް ހަ ސަތޭކަ ހަތްދިހަ ދެ ރުފިޔާ) ގެ މައްސަލައިގައި ސިވިލް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެމް.އެން.ބީ.ސީ އުވާލުމަކީ މީޑިއާނެޓް ޕްރައިވެޓް ލމިޓެޑުން އިންސާފު ހޯދުމަށް ކުރިމަތިވެދާނެ ހުރަހެއްކަމަށް ބަޔާންކޮށް އެ ކުންފުނިން ފޮނުއްވާފައިވާ ސިޓީއާމެދު މެންބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު އިފްލާސްކުރުމުގެ މަރުޙަލާގެ ތެރެއިން އެކަމަށް ރިޢާޔަތްކުރެވޭނެކަމަށާއި އަދި ކޯޓުގެ މަރުޙަލާގައި ޙުކުމްއެއްކޮށްފިނަމަ ދަޢުލަތުން އެ ޙުކުމް ތަންފީޒުކުރައްވާނެކަމަށް ދެންނެވުމަށް މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލުމާ ގުޅިގެން އެ ކުންފުނީގެ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސިވިލް ސަރވިސްއިން ވަޒީފާ ދިނުމަށް ނިންމަވާފައިވާ މައްސަލައާ ގުޅިގެން، އެފަރާތްތަކުގެ މުސާރައާއި ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް އެދި 6 ނޮވެންބަރު 2019 ގައި ހުށަހަޅާފައިވާ މައްސަލައާމެދު މަޝްވަރާކުރެއްވުމަށް، 1. މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، 2. މިނިސްޓްރީ އޮފް ފިނޭންސް، 3. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 4. އައްޑޫ ސިޓީ ކައުންސިލް އަދި 5. ފުވައްމުލަކު ސިޓީ ކައުންސިލްއާ ބައްދަލުކުރައްވަން ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހެޅުއްވި ހުށަހެޅުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާޢީދުކުރައްވައި، ކޮމިޓީގެ އިތުރު މެންބަރަކު އިޢުތިރާޒް ނުކުރެއްވުމުގެ ސަބަބުން ފާސްވިއެވެ. އަދި، އެހެނިހެންގެ ތެރެއިން، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންޑިއާގެ ކޮޗިންއާއި ރާއްޖޭގެ ރަށްތަކާއި ދެމެދު ކުރައްވަމުން ގެންދަވާ ފެރީ ދަތުރުތަކަކީ އޭގެ ސަބަބުން ދިވެހި ވިޔަފާރިވެރިން އަދި ޢާންމު ރައްޔިތުންނަށް އެތަކެއް ފައިދާތަކެއް ލިބެމުން އަންނަ ކަމެއްކަމަށާއި ނަމަވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނަންގަވަމުން ގެންދަވާ ބަނދަރު ފީ ބޮޑު ކޮށްފައިވުމުން، ދިވެހި ވިޔަފާރިވެރިން އަދި ޢާންމުންނަށް ލިބެމުން އައި ފައިދާތަކަށް ނޭދެވޭ އަސަރު ފޯރާފައިވާކަމުގެ ޝަކުވާ ލިބެމުންދާތީ، މައްސަލަ ބައްލަވައިދެއްވުން އެދި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހެޅުއްވި ހުށަހެޅުން ކޮމިޓީން ބަލައިގަންނަން ކޮމިޓީގެ އިތުރު މެންބަރަކު އިޢުތިރާޒް ނުކުރެއްވުމުގެ ސަބަބުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA