ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

18 ނޮވެމްބަރު 2021 11:05

ނަންބަރު

61

ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 61 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މަދަނީ އިޖުރާޢަތުގެ ބިލުގެ މަސައްކަތް ކުރެއްވިއެވެ. އެގޮތުން ބިލުގައި ފަހުން ބެއްލެވުމަށް ޕާކްކުރެވިފައިވާ މާއްދާތަކަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ ކޮމެންޓްތައް ދިރާސާކުރެއްވާ މުޅި ބިލު ހުރިހާ އިޞްލާޙުތަކާއެކު ފާސްކުރެއްވުމަށް ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމިއެވެ. އެއަށްފަހު، ޣައިރު ހާޒިރުގައި ހުކުމްކުރުމުގެ ސަބަބުން ޕާސްޕޯޓް ހިފަހައްޓާފައިވާ މީހުންނާގުޅޭ މައްސަލައާ ގުޅިގެން ކަމާގުޅޭ މުއައްސަސާތަކާއި ބައްދަލުކޮށް އެކި އިދާރާތަކުން ލިބިފައިވާ މައުލޫމާތުތަކަށް ރިޢާޔަތްކޮށް މި މައްސަލައަށް ޙައްލެއް ގެނައުމަށް ރެކޮމެންޑޭޝަންތަކާއެކު ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ފޮނުވުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA