ޕެޓިޝަން ކޮމިޓީ

2021 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 23 ވަނަ ބައްދަލުވުން.

29 ނޮވެމްބަރު 2021 00:00 ނަންބަރު 23

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގައި ހުރި ޕެޓިޝަންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އެގޮތުން، ކޮމިޓީއަށް ލިބިފައިވާ ޝާރުޠު ހަމަނުވާ ޕެޓިޝަންތަކަށް ޝަރުޠު ހަމަކުރުމަށް އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށް ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެގެން ދިޔައެވެ. އެއަށްފަހު، ކޮމިޓީއަށް ހުށަހެޅިފައިވާ ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށާއި، އެތަނުގަހުރި އެހެނިހެން މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާއި ވަޒީފާތަކަށް ބިދޭސީ މުވައްޒަފުން ގެންނަ އޭޖެންސީތަކުން ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅިގެން އެ ޕެޓިޝަންތައް ހުށަހެޅި ފަރާތްތަކާ ބައްދަލުކުރުމަށް ކޮމިޓީން ނިންމެވިއެވެ. އަދި ހިޔާ ފްލެޓަށް ޒިޔާރަތް ކުރުމަށް ފެންނަކަމަށްވެސް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

2 ސެޕްޓެމްބަރު 2021

ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށާއި، އެތަނުގަހުރި އެހެނިހެން މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަން

ކުރިޔަށް ދަނީ

11 މޭ 2021

ވަޒީފާތަކަށް ބިދޭސީ މުވައްޒަފުން ގެންނަ އޭޖެންސީތަކުން ހުށަހަޅުއްވާފައިވާ ޕެޓިޝަން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA