ޢާންމު ކޮމިޓީގެ ސަބް ކޮމިޓީ 1

2022 ވަނަ އަހަރު ޢާންމު ކޮމިޓީގެ ސަބްކޮމިޓީ-1 ގެ 1 ވަނަ ބައްދަލުވުން.

19 އޮކްޓޯބަރު 2022 13:00 ނަންބަރު 1

ޚުލާސާ

މި ބައްދަލުވުމުގައިވަނީ ސަބްކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު އިންތިޚާބުކުރައްވާފައެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާއިދު ހުށައަޅުއްވާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ ތާޢިދު ކުރައްވާ، ކޮމިޓީގެ އަޣްލަބިއްޔަތުން ހޮވިވަޑައިގެންފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދުއެވެ. (ފާސްކުރުމަށް ފެންނަކަމަށް ވޯޓު ދެއްވެވި މެންބަރުން: ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ). އަދި ނައިބު މުޢައްރިރެއްގެ ގޮތުގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާއިދު ހުށައަޅުއްވާ، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ތާއިދު ކުރައްވާ، ކޮމިޓީގެ އަޣްލަބިއްޔަތުން ހޮވިވަޑައިގެންފައިވަނީ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީއެވެ. (ފާސްކުރުމަށް ފެންނަކަމަށް ވޯޓު ދެއްވެވި މެންބަރުން: ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު)

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 ސެޕްޓެމްބަރު 2021

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ވީ.އައި.ޕީ ލައުންޖްގެ ޚިދުމަތް ހޯދުމާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަ

ކުރިޔަށް ދަނީ

14 ސެޕްޓެމްބަރު 2021

ރައްޔިތުން މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ އެސެސްމަންޓް ހެދުމަށްފަހު މިނިސްޓްރީ އޮފް ޑިފެންސް އިން ފޮނުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

10 އޮކްޓޯބަރު 2019

"މިހާރު" ނޫހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް ހޯދުމަށްއެދި ފޮނުވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA