ޢާންމު ކޮމިޓީގެ ސަބް ކޮމިޓީ 1

2022 ވަނަ އަހަރު ޢާންމު ކޮމިޓީގެ ސަބްކޮމިޓީ-1 ގެ 2 ވަނަ ބައްދަލުވުން.

25 އޮކްޓޯބަރު 2022 23:00 ނަންބަރު 2

ޚުލާސާ

މި ބައްދަލުވުމުގައިވަނީ މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮމިޓީއަށް ހުށައަޅުއްވާފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ އެސެސްމަންޓް ހެދުމަށްފަހު މިނިސްޓްރީ އޮފް ޑިފެންސް އިން ފޮނުއްވާފައިވާ މައްސަލައާއި ގުޅިގެން، މާދަމާ (25 އޮކްޓޫބަރު 2022) ގައި އޮންނަ ސަބްކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ޓެކްނިކަލް އަދި މެއިންޓެނަންސްގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމަވާފައިވެއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ވީ.އައި.ޕީ ލައުންޖުގެ ޚިދުމަތް ހޯއްދެވުމާ ގުޅޭގޮތުން 22 ސެޕްޓެންބަރު 2021 ގައި ކޮމިޓީން ނިންނި ނިންމުން އަލުން މުރާޖަޢާ ކުރުމަށްއެދި ފޮނުއްވާފައިވާ މައްސަލަގާ ކޮމިޓީން ނިންމަވާފައިވަނީ، މިމައްސަލައާ ގުޅިގެން ޢާންމު ކޮމިޓީގެ ފަރާތުން ކުރިން ނިންމަވާފައިވާ ގޮތް އެންމެ ރަނގަޅުކަމަށާއި، އެ ނިންމުމަށް އިތުރު ބަދަލެއް ގެންނަވަންނުޖެހޭ ކަމަށެވެ. އެންމެފަހު މައްސަލައެއްގެ ގޮތުން، "މިހާރު" ނޫހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް ހޯއްދެވުމަށްއެދި ފޮނުއްވާފައިވާ މައްސަލަގައި އެކަމާއި ގުޅިގެން އެކުލަވާލައްވަން އަންގަވާފައިވާ އުސޫލުގެ މަސައްކަތާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މާދަމާ (25 އޮކްޓޫބަރު 2022) ގައި އޮންނަ ސަބްކޮމިޓީގެ ބައްދަލުވުމުގައި މީޑިއާ ސެކްޝަންގެ ހެޑް ޙާޒިރުކުރެއްވުމަށް ނިންމެވިއެވެ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

30 ސެޕްޓެމްބަރު 2021

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ވީ.އައި.ޕީ ލައުންޖްގެ ޚިދުމަތް ހޯދުމާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަ

ކުރިޔަށް ދަނީ

14 ސެޕްޓެމްބަރު 2021

ރައްޔިތުން މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ އެސެސްމަންޓް ހެދުމަށްފަހު މިނިސްޓްރީ އޮފް ޑިފެންސް އިން ފޮނުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

10 އޮކްޓޯބަރު 2019

"މިހާރު" ނޫހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް ހޯދުމަށްއެދި ފޮނުވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA