ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

9 ނޮވެމްބަރު 2022 10:20

ނަންބަރު

38

2022 ވަނަ އަހަރުގެ 38 ވަނަ ބައްދަލުވުން

ޚުލާސާ

މި އަދުގެ ބައްދަލުވުމުގައި، ހުށަހެޅިފައިވާ ބިލުތަކުގެ ސުންގަޑި އިތުރުކުރުމުގެ މަސައްކަތް ކުރެއްވިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ ސުންގަޑި އަކީ 28 ނޮވެންބަރު 2022 ކަމުގައި ކަނޑައަޅާ، ކޮމިޓީ އަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އަދި ޖަނަވާރުގެ ސިއްޙަތާއިބެހޭ ބިލުގެ ސުންގަޑި އަކީ 28 ފެބްރުއަރީ 2023 ކަމުގައި ކަނޑައަޅާ، ކޮމިޓީ އަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ދައުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ބޭތިއްބުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ދިވެހިރާއްޖޭގެ އެކި ސަރަޙައްދުގައި ޤާއިމްކޮށްފައިވާ މަރުކަޒުތަކާއި، އެ ތަންތަނުގެ ޖާގަ އަދި ވަޞީލަތްތަކުގެ ތަފްޞީލް ހޯއްދެވުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. މި ގޮތުން، މިހާރު އަތޮޅު ތެރޭ ހުރި މަރުކަޒުގެ ބޭނުން އެފިޝިއެންޓްކޮށް ހިފާކަމަށާއި އަދި ޤާނޫނަށް ގެނެވުނު އިޞްލާހާއެކު މި މައްސަލައަށް ހައްލު ލިބިފައިވާކަމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA