ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކް ކޮމިޓީ

ތާރީޚް

19 ފެބްރުއަރީ 2024 10:40

ނަންބަރު

2

އިމްތިޔާޒާއިއިމްތިޔާޒާއި ސުލޫކު ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ޅ)ގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވާ އޮފީހުގައި ހަރުކޮށްފައި ހުންނަ ޖުމްހޫރީ ޕާޓީގެ ނަންބޯޑުގެ ތިރީގައި އެހެން ނަމެއް ކަރުދާހުގައި ލިޔެ ހަރުކޮށްފައިވާ މައްސަލައިގައި، މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން މި ތާރީޚްގެ ވީޑިއޯ ފޫޓޭޖް ލިބިފައިނުވާކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވުމަށްފަހު މި މައްސަލަ ފައިލްކުރުމަށް މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށަހަޅުއްވައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ތާޢިދުކުރެއްވިގޮތަށް ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވެފައިވެއެވެ. 6 ޖޫން 2021 ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ 07 ވަނަ ބައްދަލުވުން ސިއްރު ކޮށްފައިވަނިކޮށް އެ ބައްދަލުވުމުގައި މެންބަރުން ވޯޓް ދެއްވިގޮތުގެ ތަފްޞީލް ސޯޝަލް މީޑިއާއަށް ލީކްކޮށްލާފައިވާ މައްސަލަ މަޝްވަރާކުރެއްވުމަށްފަހު، މިކަން ހިނގިފަހުން ގިނަ ދުވަސް ފާއިތުވެފައިވާތީ މި މައްސަލަ ފައިލްކުރުމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ ތާޢިދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވެފައިވެއެވެ. އަދި 06 މޭ 2021 ގައި ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމްއާ ގުޅުވައި ރައްޔިތުންގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ މައްސަލަ ބައްލަވައިދެއްވުން އެދި އެ މެންބަރު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އަދި މި މައްސަލަ އިތުރަށް ދިރާސާކުރެއްވުމުގެގޮތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމްއާ ބައްދަލުކުރެއްވުމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވައި، މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ތާޢިދުކުރެއްވި ހުށަހެޅުން ކޮމިޓީގައި ފާސްވެފައިވެއެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ އިތުބާރެއް ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ހާޟިރުވުމަށް ދެކޮޅުހައްދަވާފައިވާތީ އެއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 182 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މުޅިމަޖިލިހުގެ އިމްތިޔާޒަޝާއި ޤަދަރަށް އުނިކަން އަންނާނެކަމެއްކަމުގައި ބަޔާންކޮށް ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ މަޝްވަރާކުރެއްވިއެވެ. މި މައްސަލަ ކޮމިޓީއަށް ފޮނުއްވާފައިވީނަމަވެސް، އެއަށްފަހު ބަންޑާރަ ނައިބު މަޖިލީހަށް ހާޟިރުވެ ޖަވާބުދާރީވެފައިވާތީ މި މައްސަލަ ފައިލްކުރުމަށް ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ ތާޢިދުކުރެއްވިއެވެ. އެހެންނަމަވެސް މި މައްސައިގެ ލިޔެކިޔުން އިތުރަށް ދިރާސާކުރުމަށްފަހު، އެހެން ބައްދަލުވުމެއްގައި މި މައްސަލަ އިތުރަށް މަޝްވަރާކުރުމަށް ކޮމިޓީން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

6 ޖޫން 2023

ބަންޑާރަ ނައިބުގެ އިތުބާރެއް ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ހާޟިރުވުމަށް ދެކޮޅުހައްދަވާފައިވާ މައްސަލަ - ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ

ކޮމެޓީ މަސައްކަތް ނިމިފައި

15 މޭ 2022

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅޭގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

8 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރޭއިން ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވާ އޮފީހުގައި ހަރުކޮށްފައި ހުންނަ ޖުމްހޫރީ ޕާޓީގެ ނަންބޯޑުގެ ތިރީގައި އެހެން ނަމެއް ކަރުދާހުގައި ލިޔެ ތަތްކޮށްފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

9 ޖޫން 2021

ސިއްރު ބައްދަލުވުމެއްގައި މެންބަރުން ވޯޓް ދެއްވިގޮތުގެ ތަފްޞީލް ސޯޝަލް މީޑިއާއަށް ލީކްކޮށްލާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA