ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

26 ފެބްރުއަރީ 2020 14:30

ނަންބަރު

4

2020 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި 5 ޖުލައި 2019 ވަނަ ދުވަހު މ. އުޖާލާގެ، މާލެ، އަށް ފުލުހުންގެ ތެރެއިން ބަޔަކު ވަދެ އެގޭގައި ހުރި މީހަކަށް އަނިޔާކުރި މައްސަލައިގައި، އެކަން ކުރި ފުލުހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ބުނުމުން އެކަމާ ދެކޮޅަށް ފުލުހުންގެ ތެރެއިން ބަޔަކު ނުކިޔަމަންތެރިކަން ދައްކައި އިޙްތިޖާޖުކުރަމުން ދިޔަ މައްސަލައާ ގުޅޭ ރިޕޯޓު ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންއިން ހޯދުމަށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބުގައި 3 މާރިޗު އާ ހަމައަށް މުއްދަތު އިތުރުކުރުމަށް އެދިފައިވާތީ އެ ދަވަހާ ހަމައަށް މި މައްސަލަ ބޭއްވުމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަން ތަޙްޤީޤުކޮށްފައިވާ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ރިޕޯޓާގުޅޭ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި މައްސަލައިގެ ފުރިހަމަ ތަޙްޤީޤީ ރިޕޯޓެއް ނެރުމަށް ލަސްވާ ސަބަބަކީ ކޮބައިކަން އޮޅުން ފިލުވުމަށް އެފަރާތާ ބައްދަލުކުރުމަށް ކޮމިޓީން ނިންމެވިއެވެ. ދެން ކުރިއަށްގެންދެވީ، 06 ފެބްރުއަރީ 2020 ވަނަ ދުވަހު ކ. މާފުށީގައި ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާ ގުޅޭ މައްސަލައެވެ. އެގޮތުން މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެވުނީ ފުލުހުންގެ ޤާނޫނު ނުވަތަ ގަވާއިދުގައި އަންހެނެއްގެ ގައިގައި އަތްލުމުގައި އެއްވެސް އުސޫލެއް ކަނޑައެޅިފައިވޭތޯއާމެދުއެވެ. އަދި މިކަން އޮންނަ ގޮތް ދެން އޮންނަ ބައްދަލުވުމަކަށް ސާފުކުރުމަށް ސެކްރެޓޭރިއެޓްގައި ވަނީ ދެންނެވިފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA