ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

25 މޭ 2020 21:00

ނަންބަރު

20

2020 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ މަޝްވަރާކުރެވުނީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅޭގޮތުންނެވެ. މި ސިޓީގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، އެމް.އެމް.ޕީ.އާރް.ސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލެވިފައިވާ މީހުންގެ މައްސަލަތަކަކީ އެކަމުގައި ޢާންމު މަސްލަޙަތު ހިމެނޭ މައްސަލަތަކަކަށްވީހިނދު، ނަތީޖާ ނެރެވޭނެ ފަދައިން އެ މައްސަލަތަކާމެދު އަމަލުކުރެވެމުންދޭ ތޯ ޔަޤީންކުރަން ބޭނުންވާތީ، އެކަން ބައްލަވައިދެއްވުން އެދި ފޮނުއްވާފައިވާ މައްސަލައެކެވެ. ދެން އޮތް މައްސަލައަކީ، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ފޮނުއްވާފައިވާ ސިއްރު ސިޓީއެއްގެ މަސައްކަތެވެ. މި ދެ ސިޓީވެސް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށްވެސް ފޮނުއްވާފައިވާތީ، ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައިގެން މި ދެ ސިޓީގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކޮމިޓީން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA