ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

9 މާރިޗު 2020 15:40

ނަންބަރު

9

2020 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤުކުރައްވާ ފޮނުއްވާފައިވާ ރިޕޯޓްތައް ދިރާސާކޮށް ނިންމަވާނެ ސުންގަޑިއަކީ 18 މާރިޗް 2020 ކަމުގައި، ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. މީގެއިތުރުން ކްރިމިނަލް ކޯޓުން ނިންމާ މައްސަލަތަކާ ގުޅިގެން، އެ ކޯޓުގެ "މައްސަލައަކާ ގުޅޭގޮތުން ރެކޯޑިންގ އަޑުއެހުމާއި ބަޔާން ބެލުމާއި ބަޔާނުގެ ކޮޕީ ހެއްދުމަށް އެދި ހުށަހަޅާ ފޯމު" އިން ބަޔާނުގެ ކޮޕީ ހެއްދުމަށް އެދި ހުށަހެޅުމުން، އާންމުކޮށް ފޮޓޯކޮޕީގެ ޚިދުމަތް ދޭ ތަންތަނުން ނަގާ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، ކޮންމެ ޞަފްޙާއަކަށް -/5 (ފަހެއް) ރުފިޔާގެ މަގުން އެ ކޯޓުން އަގު ނަގަމުންދާކަމުގެ ޝަކުވާއެއް ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާތީ، އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ފޮނުއްވާފައިވާ ސިޓީއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޝާއިޢުކޮށްފައިވާ "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު" ގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތުގައި ނަގާފައިވާ ބަޔާނެއްގެ ކޮޕީ ދޫކުރުމުގައި، ކޮންމެ ޞަފްޙާއަކަށް 5 (ފަހެއް) ރުފިޔާގެ މަގުން ފީއެއް ނެގުމަށް ބަޔާންކޮށްފައިވާތީ، އެކަމުގެ ސަބަބުން އިންޞާފަށް ވާޞިލުވުމަށް ކުރިމަތިވެގެންދާ ބޮޑު ތަކުލީފަކަށް ކުރިމަތިވާތީ މިކަން ބަޔާންކޮށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA