މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 31 ވަނަ ބައްދަލުވުން

29 ޖޫން 2020 12:00 ނަންބަރު 31

ޚުލާސާ

1. ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މިއަހަރުގެ ބަޖެޓުން 30 މިލިއަން ރުފިޔާ އުނިކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާތީ، އެކަންކަމާ ގުޅޭގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި ޢާންމު ކޮމިޓީއަށް މިނިސްޓަރ ވަޑައިގެން ދައުލަތުގެ ބަޖެޓްގެ ޙާލަތު ޙިއްޞާކޮށްދެއްވުމަށް 23 ޖޫން 2020 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވާތީ، މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މިނިސްޓަރަށް ފަސޭހަފުޅު ގަޑިއެއްގައި މި ބައްދަލުވުން ބޭއްވުމަށް ނިންމެވިއެވެ. 2. "ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ" ސުންގަޑި (29 ފެބްރުއަރީ 2020) ހަމަވެފައިވާތީ 15 ޖުލައި 2020 އަށް ސުންގަޑި އިތުރުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ތާޢީދުކުރައްވި އިޞްލާޙު ކޮމިޓީގައި ޙާޒިރުވެ ތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައިވެއެވެ. އަދި، "ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު" އަދި "ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް އިޞްލާޙް ގެނައުމުގެ ބިލު" ގެ ސުންގަޑި ހަމަވެފައިވާތީ، 31 ޖުލައި 2020 ގެ ނިޔަލަށް މި 2 ބިލުގެ ސުންގަޑި އިތުރުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާޢީދުކުރައްވި އިޞްލާޙު ކޮމިޓީގައި ޙާޒިރުވެ ތިބި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައިވެއެވެ. 3. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓް ކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވާ ކްރޯ މޯލްޑިވްސް އެލް.އެލް.ޕީ އަށް ކޮވިޑް 19 އާ ގުޅިގެން، އޮޑިޓްގެ މަސައްކަތް ނިންމުމަށް ދަތިތަކާ ކުރިމަތިވަމުންދާތީ، އޮޑިޓްގެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން އެ ފަރާތުން 25 މެއި 2020 ގައި ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރެއްވުމުގެ ގޮތުން އެ ފަރާތުން އޮޑިޓް މަސައްކަތް ނިންމޭނެ ތާރީޙެއް އަންގަވައިދެއްވުމަށް މި ކޮމިޓީއިން އެދިވަޑައިގަތުމުން، ފޮނުއްވި ޖަވާބުގައި ފައިނޭންޝަލް އޮޑިޓް 9 ޖުލައި 2020 އަށް އަދި ކުއަލިޓީ އެޝުއަރަންސް އޮޑިޓް 31 އޯގަސްޓް 2020 ގެ ނިޔަލަށް ނިމޭނެކަމަށް ހާމަކުރައްވާފައިވެއެވެ. އެގޮތުން، އެފަރާތުން އެދިވަޑައިގެންފައިވާގޮތަށް ނިންމަވައިދެއްވުމަށް ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހުށަހަޅުއްވައި،ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރެއްވި ނިންމުން ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. 4. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް 2020 ވަނަ އަހަރަށް ލިބިފައިވާ ބަޖެޓަކީ ކޮމިޝަނުގެ ޤާނޫނީ ޒިންމާތައް އަދާކުރުމަށްޓަކައި އެކަށީގެން ބަޖެޓެއްނޫންކަމަށް ފާހަގަކުރައްވާ 16 ފެބުރުވަރީ 2020 ގައި މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުއްވާ ރައްޔިތުންގެ މަޖީލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ކޮޕީކޮށްފައިވާ ސިޓީ އަދި ދައުލަތުން އެދޭ ފަދަ އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ލާޒިމުކޮށްފައިވާ ޚިދުމަތްތައް އަދި 2020 ވަނަ އަހަރަށް ރޭވިފައިވާ މަސައްކަތްތައް ކުރެއްވުމަށް 4,341,424.0 ރުފިޔާގެ ބަޖަޓެއް ހަމަޖައްސަވައި ދެއްވުން އެދި މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ނަންބަރު: 369-AS/1/2019/3 (23 ޑިސެމްބަރު 2019) ސިޓީއަކީ ރައްޔިތުން މަޖިލީހުގެ އިދާރާއަށް ކޮޕީކޮށްފައިވާ ސިޓީތަކެއް ކަމުން ސިޓީތައް ފައިލްކުރުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ހުށަހަޅުއްވައި އަދި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ތާޢީދުކޮށް، ކޮމިޓީގައި ޙާޒިރުވެ ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންވަނީ ފާސްކޮށްފައެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 ޖޫން 2020

ކޮމިޓީން ސުންގަޑި ކަނޑައަޅާފައިވާ ބިލުތަކުގެ ސުންގަޑި ހަމަވެފައިވާތީ، ބިލުތަކުގެ ސުންގަޑި ކަނޑައެޅުން

ކޮމެޓީ މަސައްކަތް ނިމިފައި

23 ޖޫން 2020

މަޖިލީހުގެ ބަޖެޓް އުނިކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އެ މިނިސްޓްރީއާ ބައްދަލުކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

18 މާރިޗު 2020

ކްރޯ މޯލްޑިވްސް އެލް.އެލް.ޕީ އިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ގެ އޮޑިޓްއާ ގުޅިގެން ފޮނުއްވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

16 ފެބްރުއަރީ 2020

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2020 ވަނަ އަހަރުގެ ބަޖެޓާގުޅޭ

ކޮމެޓީ މަސައްކަތް ނިމިފައި

23 ޑިސެމްބަރު 2019

މަޑުއްވަރީ ކައުންސިލްގެ އިދާރާއިން 2020 ވަނަ އަހަރުގެ ބަޖެޓާގުޅޭ ގޮތުން ފޮނުއްވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA