ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

30 ޖޫން 2020 14:00

ނަންބަރު

9

2020 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، "ކޮވިޑް-19 ގައި ވަޒީފާގެ ހާލަތަށް ބަދަލުއައިސްފައިވާ ފަރާތްތަކުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހީން ބާރުވެރިކުރުވަން ގޮވާލައި ހުށަހަޅުއްވާފައިވާ ޕެޓިޝަން" ދިރާސާކުރުމެވެ. މިގޮތުން، ކޮމިޓީއަށް ލިބިފައިވާ ޢާންމު ފަރާތްތަކުގެ ޚިޔާލުތައް ކޮމިޓީން ދިރާސާކުރިއެވެ. އެއަށްފަހު، ބޮޑު ކަންނެލި މަސްވެރިންނަށް ހަމަ އަގު ކަނޑައަޅައި ދިނުމާއި، ކަންނެލި މަސްވެރިންގެ އެންމެހައި އަސާސީ ހައްޤުތައް ރައްކާތެރި ކޮށްދިނުމާއި ގުޅޭގޮތުން ހުށަހަޅާ ޕެޓިޝަނާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މި ޕެޓިޝަނާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގެނައުމަށް ކޮމިޓީއިން ނިންމެވިއެވެ. އެންމެ ފަހު މައްސަލައެއް ގޮތުގައި ކޮމިޓީއިން އެސް.އެސް.ސީ އިމްތިޙާނުގައި ޤުރުއާން މާއްދާގެ މަޖްބޫރުކަން އުވާލުމަކީ އެ މާއްދާގެ އަހަންމިއްޔަތުކަން ގެއްލިގެންދާނެ ކަމެއްކަމުގައި ޔަޤީންކުރެވޭތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން އަލުން ޢިޔާދަކުރައްވައި، އެސް.އެސް.ސީ އިމްތިޙާނުގައި ޤުރުއާން މާއްދާ ޓެސްޓު މަޖުބޫރުކޮށް ބޭއްވުމަށް އެދި ގޮވާލާ ޕެޓިޝަން ދިރާސާކުރެއްވިއެވެ. މި ޕެޓިޝާނާ ގުޅޭގޮތުން މިނިސްޓަރ އޮފް އެޑިއުކޭޝަނާއި އަދި ކަމާގުޅޭ ބޭފުޅުން ކޮމިޓީއަށް ޙާޒިރުކުރުމަށް ކޮމިޓީއިން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA