ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

21 ޖުލައި 2020 10:00

ނަންބަރު

13

2020 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ފުރަތަމަ ކުރިއަށް ގެންދެވީ ދ. މީދޫ ކައުންސިލްގެ ގޯތި ދޫކޮށްފައިވަނީ އުސޫލާ ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ޕެޓިޝަން ދިރާސާކުރުމެވެ. އެގޮތުން މި ޕެޓިޝަނާމެދު މަޝްވަރާކުރެއްވުމަށްފަހު، ދ. މީދޫގައި ގޯތި ދޫކުރުމަށް އެކުލަވާލެވިފައިވާ އުސޫލު ހޯއްދެވުމަށް ކޮމިޓީއިން ނިންމެވިއެވެ. އެއަށްފަހު، ކުރިއަށް ގެންދެވީ ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުން ފޮނުއްވާފައިވާ ޕެޓިޝަން ދިރާސާކުރުމެވެ. މި ޕެޓިޝާނާ ގުޅިގެން ކަމާގުޅޭ އިދާރާތަކުން މައުލޫމާތު ލިބިފައިވާތީއާއި ކަމާގުޅޭ އިދާރާތަކާ ބައްދަލު ކުރެވިފައިވާތީ އެ ޕެޓިޝަނުގެ ރިޕޯޓް ތައްޔާރުކުރުމަށް ކޮމިޓީއިން ނިންމެވިއެވެ. އަދި ހިރާ ސުކޫލުގެ ދަރިވަރުންގެ ފީ ސަބްސިޑައިޒް ކޮށްދެއްވުމަށާއި، ހެދުނުގެ ނާސްތާ ޕްރޮގްރާމް އަދި ސަރުކާރުން ފޯރުކޮށްދޭ ސްޓޭޝަނަރީ އެ ސްކޫލުގެ ދަރިވަރުންނަށްވެސް ފޯރުކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ލިބިފައިވާ މަޢުލޫމާތުތައް ކޮމިޓީއިން ދިރާސާކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA