މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 41 ވަނަ ބައްދަލުވުން

3 އޮކްޓޯބަރު 2019 11:00 ނަންބަރު 41

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ދައުލަތުން އެކި ފަރާތްތަކާއެކު ވާ އެއްބަސްވުންތަކުގެ ދަށުން އަދާކުރަންޖެހޭ މާލީ އިލްތިޒާމްތަކާމެދު ގެންގުޅޭ އުޞޫލުތައް މުރާޖަޢާކޮށް، ދައުލަތަށް ބުރަނުވާނޭ އުޞޫލެއް ޤާއިމްކުރުމަށް ގޮވާލާ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ ޤަރާރުގެ ސުންގަޑި ކަނޑައަޅުއްވައި މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މި ޤަރާރުގެ މަސައްކަތް ނިންމަވާނެ ސުންގަޑިއަކީ 21 އޮކްޓޫބަރު 2019 ކަމުގައި ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމެވިއެވެ. އަދި މި ޤަރާރާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވާ، މަޝްވަރާކުރެއްވުމަށްޓަކައި އަންނަނިވި ފަރާތްތަކާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އެޓަރނީ ޖެނެރަލްގެ އޮފީސް މިނިސްޓްރީ އޮފް ފިނޭންސް މިނިސްޓްރީ އޮފް ޓޫރިޒަމް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް 2. އެއަށްފަހު، މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ ލޯނު އަދި ގެރެންޓީތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން މިނިސްޓްރީން ލޯނު އަދި ގެރެންޓީއާ ގުޅޭގޮތުން ފޮނުއްވާފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާތީ، މި މައްސަލަ އެހެން ދުވަހަކަށް އެޖެންޑާ ކުރެއްވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

4 ޑިސެމްބަރު 2019

ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ ޤަރާރު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

15 ސެޕްޓެމްބަރު 2019

ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިންގ ވިތު އަ ކެޓޭސްޓްރޮފީ ޑިފަރޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ" މަޝްރޫޢުއަށް ލިބިފައިވާ ހިލޭއެހީ އަދި ލޯނުއެހީގެ ފައިނޭންސިންގ ލޯނު އަދި ގެރެންޓީއާބެހޭ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

15 ސެޕްޓެމްބަރު 2019

ފިސްކަލް ސަސްޓެއިނަބިލިޓީ އެންޑް ބަޖެޓް ކްރެޑިބިލިޓީ ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިންގ (ޑީޕީއެފް)" މަޝްރޫޢުއަށް ލިބިފައިވާ ހިލޭއެހީ އަދި ލޯނުއެހީގެ ފައިނޭންސިންގގެ ލޯން އަދި ގެރެންޓީ

ކޮމެޓީ މަސައްކަތް ނިމިފައި

7 އޯގަސްޓު 2019

"މޯލްޑިވްސް އެންހާންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެސިލިއެންސް އޮފް ޔޫތު (މިރީ)" މަޝްރޫޢުއަށް ލިބިފައިވާ ހިލޭއެހީ އަދި ލޯނުއެހީގެ ފައިނޭންސިންގގެ ލޯން އަދި ގެރެންޓީ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA