ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

8 ސެޕްޓެމްބަރު 2021 11:30

ނަންބަރު

14

2021 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކުރެވިފައިވަނީ ކޮމިޓީގެ މަސައްކަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމުވެ. މިގޮތުން، ފުރަތަމަ މަޝްވަރާ ކުރެއްވީ "ޗޭންޖް އެން.ޑީ.އޭ 2020" ޕެޓިޝަނާ ގުޅޭގޮތުންވެ. މި ޕެޓިޝަނާ ގުޅިގެން 7 ސެޕްޓެންބަރު 2021 ގައި ބޭއްވި ބައްދަލުވުމަށް، ކަރަންޓީނުގައި ހުންނެވުމުގެ ސަބަބުން މިނިސްޓަރ އޮފް ހެލްތަށް ވަޑައިނުގެންނެވުމުން، އެ މިނިސްޓްރީއާ، ނޭޝަނަލް ޑްރަޣް އޭޖެންސީގެ އިސްވެރިންނާއި، ޕްރިސިކިއުޓަރ ޖެނެރަލްއާއި، ކޮމިޝަނަރ އޮފް ޕޮލިސް، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަދި އިނިކޮމިކް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިޢުތިރާޒް ކުރައްވާފައިނުވާތީ، މި ހުށަހެޅުން ފާސްވިއެވެ. އެއަށްފަހު، ކުރިއަށް ގެންދެވީ ވަޒީފާތަކަށް ބިދޭސީ މުވައްޒަފުން ގެންނަ އޭޖެންސީތަކުން ހުށަހަޅުއްވާފައިވާ ޕެޓިޝަން ދިރާސާކުރުމެވެ. މި ޕެޓިޝަނާ ގުޅިގެން ކަމާގުޅޭ ފަރާތްތައް ކޮމިޓީއަށް ޙާޒިރުކުރުމަށް ވެސް އެއްވެސް މެންބަރު އިޢުތިރާޒް ނުކުރައްވާތީ މި ހުށަހެޅުން ފާސްވިކަމަށް ކޮމިޓީން ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA