ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

14 ފެބްރުއަރީ 2022 11:15

ނަންބަރު

1

2022 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށްގެންދެވީ ކޮމިޓީއަށް ފޮނުއްވާފައިވާ ބިލުތައް ނިންމާނެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. އެގޮތުން، ތިރީގައިވާ ގޮތުގެމަތިން ބިލުތައް ނިންމާނެ ސުންގަޑި ކަނޑައެޅުއްވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. 1. ޖަމްޢިއްޔާތަކުގެ ބިލު: 28 ފެބުރުވަރީ 2022؛ 2. ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު: 15 މާރިޗު 2022؛ 3. ޖަނަވާރުގެ ޞިއްޙަތާބެހޭ ބިލު: 30 އެޕްރީލް 2022؛ އަދި 4. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު: 30 އެޕްރީލް 2022. އެއަށްފަހު، ށ. ފުނަދޫ އިޖްތިމާޢީ މަރުކަޒު ހިންގުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެ މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއަށް ކޮމިޓީން އަރުވާ ލަފާ ފޮނުވުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA