ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

25 ފެބްރުއަރީ 2020 11:00

ނަންބަރު

13

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ބ. ކަމަދޫ ކައުންސިލްގެ އިދާރާއިން ހުށަހަޅުއްވާފައިވާ މައްސަލަތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން ކައުންސިލް ހިންގުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ފާހަގަކޮށް އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދި ފޮނުއްވާފައިވާ މައްސަލަ ލާމަރުކަޒީ ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ. އަދި ކައުންސިލްގެ އިދާރާއިން އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅުއްވާފައިވާ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުކުރެއްވުމަށް ނިންމެވިއެވެ. މީގެއިތުރުން، ކައުންސިލުގެ އޮޑިޓްގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްޞީލް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސާފުކުރެއްވުމަށާއި އެ ކައުންސިލްގެ އޮޑިޓް ކުރައްވަން އޮޑިޓް އޮފީހުގެ ފަރާތުން ވަޑައިގެންނެވި ޓީމުގެ ކޮއްތު ހަމަޖައްސަވާފައިވަނީ ހުށަހެޅިފައިވާ މައްސަލަތަކުގެ މަސްލަޙަތު އޮތް ކައުންސިލްގެ މުވައްޒަފެއްގެ ގެއިންކަމަށް ފާހަގަކުރައްވާފައިވާ މައްސަލައިގައި ކަންހިނގާފައިވާގޮތް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ސާފުކުރެއްވުމަށްވެސް ނިންމެވިއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ ތިރީގައިވާ ލޯނުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ލޯނާގުޅޭ މަޢުލޫމާތުތަކަކީ ކޮމިޓީގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައިވާ ލިޔެކިޔުންކަމަށްވާތީވެ، ކޮމިޓީ މެންބަރުންނާ ޙިއްސާކުރެއްވިއެވެ. • އައުޓަރ އައިލެންޑް ހާރބާރޒް، ވޯޓަރ ސްޕްލައި އެންޑް ސުވެރޭޖު ފެސިލިޓީޒް ޕްރޮޖެކްޓް ހިންގުމަށްޓަކައި، އެޕެކް ފަންޑު ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮޕެކް ފަންޑް) އާއި ދިވެހި ސަރުކާރާއި ދެމެދު 50,000,000 (ފަންސާސް މިލިއަން) ޔޫ.އެސް ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު 04 ފެބުރުވަރީ 2020 ގައި މިނިސްޓްރީ އޮފް ފިނޭންސްއިން މަޖިލީހުގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައިވާ ސިޓީ • ދައުލަތުގެ ޝޯޓް ޓަރމް ފައިނޭންސިންގއަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، 1 އަހަރު ދުވަހުގެ ޝޯޓް ޓަރމް ލޯނެއްގައި ދިވެހި ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު 22 ޖަނަވަރީ 2020 ގައި މިނިސްޓްރީ އޮފް ފިނޭންސްއިން މަޖިލީހުގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައިވާ ސިޓީ • ވާރލްޑް ބޭންކްގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އެހީގައި ކުރިއަށް ގެންދާ "ފަރސްޓް ފިސްކަލް ސަސްޓެއިނަބިލިޓީ އެންޑް ބަޖެޓް ކްރެޑިބިލިޓީ ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިންގ (ޑީޕީއެފް)" މަޝްރޫޢުއަށް ލިބިފައިވާ 7,300,000 (ހަތް މިލިއަން ތިން ލައްކަ) ސްޕެޝަލް ޑްރޯވިންގ ރައިޓްސް ހިލޭއެހީ އާއި 7,300,000 (ހަތް މިލިއަން ތިން ލައްކަ) ސްޕެޝަލް ޑްރޯވިންގ ރައިޓްސްގެ ލޯނުއެހީގެ ފައިނޭންސިންގ ލޯނު އަދި ގެރެންޓީއާބެހޭ މަޢުލޫމާތު 15 ސެޕްޓެންބަރު 2019 ގައި މިނިސްޓްރީ އޮފް ފިނޭންސްއިން މަޖިލީހުގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައިވާ ސިޓީ • ވާރލްޑް ބޭންކްގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އެހީގައި ކުރިއަށް ގެންދާ "ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިންގ ވިތު އަ ކެޓޭސްޓްރޮފީ ޑިފަރޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ)" މަޝްރޫޢުއަށް ލިބިފައިވާ 3,700,000 (ތިން މިލިއަން ހަތް ލައްކަ) ސްޕެޝަލް ޑްރޯވިންގ ރައިޓްސް ހިލޭއެހީ އާއި 3,700,000 (ތިން މިލިއަން ހަތް ލައްކަ) ސްޕެޝަލް ޑްރޯވިންގ ރައިޓްސްގެ ލޯނުއެހީގެ ފައިނޭންސިންގ ލޯނު އަދި ގެރެންޓީއާބެހޭ މަޢުލޫމާތު، 15 ސެޕްޓެންބަރު 2019 ގައި މިނިސްޓްރީ އޮފް ފިނޭންސްއިން މަޖިލީހުގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައިވާ ސިޓީ • ވާރލްޑް ބޭންކްގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އެހީގައި ކުރިއަށް ގެންދާ "މޯލްޑިވްސް އެންހާންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެސިލިއެންސް އޮފް ޔޫތު (މިރީ)" މަޝްރޫޢުއަށް ލިބިފައިވާ 7,300,000 (ހަތް މިލިއަން ތިން ލައްކަ) ސްޕެޝަލް ޑްރޯވިންގ ރައިޓްސް ހިލޭއެހީ އާއި 7,300,000 (ހަތް މިލިއަން ތިން ލައްކަ) ސްޕެޝަލް ޑްރޯވިންގ ރައިޓްސްގެ ލޯނުއެހީގެ ފައިނޭންސިންގގެ ލޯން އަދި ގެރެންޓީއާބެހޭ މަޢުލޫމާތު 07 އޮގަސްޓް 2019 ގައި މިނިސްޓްރީ އޮފް ފިނޭންސްއިން މަޖިލީހުގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައި ސިޓީ

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
4 ފެބްރުއަރީ 2020 - އައުޓަރ އައިލެންޑް ހާރބާރޒް، ވޯޓަރ ސްޕްލައި އެންޑް ސުވެރޭޖު ފެސިލިޓީޒް ޕްރޮޖެކްޓް ލޯނު
22 ޖެނުއަރީ 2020 - 1 އަހަރު ދުވަހުގެ ޝޯޓް ޓަރމް ލޯނެއްގައި ދިވެހި ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ ލޯނާގުޅޭ މަޢުލޫމާތު
15 އޮކްޓޯބަރު 2019 - ބ. ކަމަދޫ ކައުންސިލްގެ އިދާރާއިން ހުށަހަޅުއްވާފައިވާ މައްސަލަތައް
15 ސެޕްޓެމްބަރު 2019 - ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިންގ ވިތު އަ ކެޓޭސްޓްރޮފީ ޑިފަރޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ" މަޝްރޫޢުއަށް ލިބިފައިވާ ހިލޭއެހީ އަދި ލޯނުއެހީގެ ފައިނޭންސިންގ ލޯނު އަދި ގެރެންޓީއާބެހޭ މަޢުލޫމާތު
15 ސެޕްޓެމްބަރު 2019 - ފިސްކަލް ސަސްޓެއިނަބިލިޓީ އެންޑް ބަޖެޓް ކްރެޑިބިލިޓީ ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިންގ (ޑީޕީއެފް)" މަޝްރޫޢުއަށް ލިބިފައިވާ ހިލޭއެހީ އަދި ލޯނުއެހީގެ ފައިނޭންސިންގގެ ލޯން އަދި ގެރެންޓީ
7 އޯގަސްޓު 2019 - "މޯލްޑިވްސް އެންހާންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެސިލިއެންސް އޮފް ޔޫތު (މިރީ)" މަޝްރޫޢުއަށް ލިބިފައިވާ ހިލޭއެހީ އަދި ލޯނުއެހީގެ ފައިނޭންސިންގގެ ލޯން އަދި ގެރެންޓީ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA