ދައުލަތުގެ އިދާރާތަކާގުޅޭ ދާއިމީ ކޮމިޓީ

19 ވަނަ މަޖިލީހުގެ އިންފޮމޭޝަން އެެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ

ތަފާސްހިސާބު

6

މެންބަރުން

5

ކޮމިޓީ މަސައްކަތް

7

ކޮމިޓީ ބައްދަލުވުން

ތަޢާރުފު

މި ކޮމިޓީ އުފައްދާފައިވަނީ 18 ޑިސެންބަރު 2023 ގައި ބޭއްވި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 37 ވަނަ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 1-124 ވަނަ މާއްދާގެ ދަށުން، މި ކޮމިޓީގެ މަސްއޫލިއްޔަތަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއާގުޅޭ އެންމެހައި ކަންކަން ބަލައި ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އާއި، ޤައުމީ ފެންވަރުގައި އެކުލަވާލައި ހިންގާ ޕަބްލިކް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ޑިޖިޓަލް ސަރވިސްތައް ހިންގާ އިދާރާތައް ނުވަތަ ހިންގުމަށް އުފައްދާ އެންމެހައި އިދާރާތަކާއި، އަދި މިނޫންވެސް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ މަސައްކަތް ރާވައި ހިންގާ ނުވަތަ ރާވައި ހިންގަންޖެހޭ ސަރުކާރުގެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމެވެ. އަދި އެ އިދާރާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމުގައި ކުރިއަށްދެވިދާނެ ގޮތުގެ ލަފާދިނުމެވެ. މީގެ އިތުރުން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއާގުޅޭ ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ރިޕޯޓު މަޖިލީހަށް ހުށަހެޅުމެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުން

ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި މެންބަރުން

ކޮމިޓީގެ ބައްދަލުވުންތައް

2024 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

13 މޭ 2024

2024 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

8 މޭ 2024

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

27 މާރިޗު 2024

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

21 ފެބްރުއަރީ 2024

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

20 ފެބްރުއަރީ 2024

އިތުރު ބައްދަލުވުންތައް

ކޮމިޓީގައި މިހާރު ހުރި މަސައްކަތްތައް / މައްސަލަތައް

8 މޭ 2024

އިބްރެާހިމް ހަމޫޒު ހުށަަޅާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

27 މާރިޗު 2024

އިިލެކްޓްރޯނިކް ސިގްނޭޗަރ، ގޫގްލް ޕޭ، އިންޑިއާ ޔޫޕީއައި، އަލީ ޕޭ ރާއްޖޭގައި އިމްޕްލިމެންޓް ކުރުމާ ގުޅޭ މައްސަލަ

ކުރިޔަށް ދަނީ

14 ފެބްރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ އެކުލަވާލުމާ ގުޅިގެން ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

12 ފެބްރުއަރީ 2024

ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އިންތިޚާބުކުރުން.

ކޮމެޓީ މަސައްކަތް ނިމިފައި

12 ފެބްރުއަރީ 2024

ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާގުޅޭގޮތުން މަޝްވަރާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA