DEM

ރައީސް މުޙައްމަދު ނަޝީދު

މައްޗަންގޮޅި މެދު ދާއިރާ
މެންބަރުގެ ގޮނޑި
މެންބަރަށް ގުޅުއްވުމަށް
  • ތަފާސްހިސާބު

    2

    ކޮމިޓީ

    0

    މަޖިލީހުގެ މަސައްކަތް

    3

    ކޮމިޓީ މަސައްކަތް

    މެންބަރުގެ ތަޢާރުފް

    ރައީސް މުޙައްމަދު ނަޝީދަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއެވެ. އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިޚާބުކުރެވުނީ، 28 މޭ 2019 ގައި ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައެވެ.

    މެންބަރު ކުރައްވާފައިވާ ޚިދުމަތް

    ރައީސް މުޙައްމަދު ނަޝީދު ތަޢުލީމް ހާސިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނާއި އިނގިރޭސިވިލާތުންނެވެ. މަޖީދިއްޔާއިން އޯ ލެވެލް ނިންމެވުމަށްފަހު އޭ ލެވެލް އާއި މެރިޓައިމް ދާއިރާއިން ފުރަތަމަ ޑިގްރީ ނެންގެވީ އިނގިރޭސިވިލާތުންނެވެ. ކިޔަވާވިދާޅުވިއިރުވެސް އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މިނިވަންކަމާއި، ސިޔާސީ ބަދަލުތަކުގެ މައްޗަށެވެ. ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރެއްވުމުގެ ރޫޙެވެ.

    އެގޮތުން އެމަނިކުފާނު އެ މަސައްކަތްފުޅު ފެއްޓެވީ، އެމަނިކުފާނު ނުހަނު ކުރައްވާހިތްވާ ނޫސްވެރިކަމުގެ ދާއިރާއަށް ނިކުންނަވައި އެ ދާއިރާގައި އުޅުއްވަމުންނެވެ. އެމަނިކުފާނު ހިތްވަރު ދޫކޮށްނުލައްވައި އަބަދުވެސް އިޞްލާޙަށް ގޮވާލެއްވިއެވެ. މިނިވަންކަމަށް ގޮވާލެއްވިއެވެ. އަސާސީ ޙައްޤުތައް ހޯދައިދޭން ގޮވާލެއްވިއެވެ.

    ނޫސްވެރިކަމުގެ ތެރެއިން ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރެއްވި ނަމަވެސް، ސިޔާސީ މަޤާމެއް ފުރަތަމަ ފުރުއްވީ 1999 ގައި އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކާމިޔާބުކުރައްވައި، މާލޭގެ ގޮނޑިއެއް ހޯއްދަވައިގެންނެވެ. ރައީސް މުޙައްމަދު ނަޝީދަކީ އަބަދުވެސް ރައްޔިތުންގެ މަޖިލިހުގައި މަސައްކަތްފުޅު ކުރެއްވުމަށް ލޯބިކުރައްވާ ސިޔާސީ ލީޑަރެކެވެ. އެހެންކަމުން، އެމަނިކުފާނު އޭރުވެސް ފެނުނީ މެންބަރެއްގެ ފުރިހަމަ ޒިންމާ އަދާކުރެއްވި، ރައްޔިތުންގެ ޙައްޤުގައި އަޑުއުފުއްލެވި ބޭފުޅެއްގެ ގޮތުގައެވެ. ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދަން ފުރަތަމަ ހުށައެޅުއްވީ އެމަނިކުފާނު މާލޭގެ މެންބަރަކަށް ހުންނަވައި، 2001 ގައެވެ. އެހެންނަމަވެސް، 42 މީހުންގެ ސޮޔާއެކު އެމްޑީޕީ އުފެއްދުމަށް އޭރު ހުށަހެޅުއްވި ހުށަހެޅުން މަޖިލިހުގައި ނެގި ވޯޓުގައި ފާހެއްނުވިއެވެ.

    ރާއްޖެއަށް ޕާޓީ ނިޒާމް އައިސް، ސިޔާސީ ގޮތުން މިނިވަން އަދި އަސާސީ ޙައްޤުތަކެއް ކަނޑައެޅި ޤާނޫނުއަސާސީއެއް ލިބުނީ ފަހަތުގައި ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް ބޮޑު ހިތްވަރެއް އޮވެގެންނެވެ. އެ ޙަޤީޤަތާއެކު ރައްޔިތުންގެ ވަރަށް ގިނަ ބައެއްގެ ލޯބި އެމަނިކުފާނު ހޯއްދެވިއެވެ. އަދި 2005 ގައި އެމްޑީޕީ އުފެއްދީއްސުރެ މިހާތަނަށް އެ ޕާޓީގެ އެންމެ ނުފޫޒު ގަދަ ވެރިއެއްގެ ގޮތުގައި ހުންނެވީ އެމަނިކުފާނެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް 2008 ގައި ހޮވިވަޑައިގަތުމަކީ ވެސް އޭގެ ހެއްކެކެވެ. އަދި މިހާރު ވެސް ސިޔާސީ ގޮތުން ރައީސް މުޙައްމަދު ނަޝީދަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ލީޑަރެވެ.

    މެންބަރުގެ 19ވަނަ މަޖިލީހުގެ ޓައިމްލައިން

    6 ޑިސެމްބަރު 2023 - 27 މޭ 2024
    ކޮމިޓީގެ މެންބަރުކަން  - ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

    ޝާމިލްވެލައްވާ މަޖިލީހުގެ މަސައްކަތްޕުޅުތައް

    ޝާމިލްވެލައްވާ ކޮމިޓީތަކުގެ މަސައްކަތްޕުޅުތައް

    ޕެޓިޝަން ކޮމިޓީ
    މެންބަރެއްގެ ސްޕޮންސަރ ލިބިފައިނުވާ ޕެޓިޝަންތަކަށް މެންބަރެއްގެ ފަރާތުން ސްޕޮންސަރ އެއް ހޯދުމަށް
    ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ
    އިންޑިއާ އައުޓް ގެ ނަމުގައި ހިންގާ ޙަރަކާތަކާ ގުޅިގެން މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލަ
    އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
    މާލޭގެ ފަޅުތަކުގައި އަޅާފައި ހުންނަ އޮޑިދޯނިފަހަރުގެ ފާހާނާ ނިޒާމުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ވަމުންދާތީ ހުށަހޅާފައިވާ މައްސަލަ.

    ޝާމިލްވެލައްވާ ކޮމިޓީތައް

    ވަގުތީ ކޮމިޓީ
    މުޅި މަޖިލީހުގެ ކޮމިޓީ

    މަސައްކަތް ހިނގަމުންދާ

    ދައުލަތުގެ އިދާރާތަކާގުޅޭ ދާއިމީ ކޮމިޓީ
    ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

    މަސައްކަތް ހިނގަމުންދާ

    © 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA