ދައުލަތުގެ އިދާރާތަކާގުޅޭ ދާއިމީ ކޮމިޓީ
މެންބަރުން
ކޮމިޓީ މަސައްކަތް
ކޮމިޓީ ބައްދަލުވުން
މި ކޮމިޓީ އުފެދިފައިވަނީ 03 ޖޫން 2024 ގައި ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާގައެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ދައުލަތުގެ އިދާރާތަކުން ކުރާ އެކިއެކި ޚަރަދަކީ ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އަދި މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެމަތިން ކުރާ ޚަރަދުތަކެއްތޯ ބެލުމާއި، މަޖިލީހުން ފާސްކުރާ ފައިސާގެ ޢަދަދުތައް ހޭދަކުރެވިގެން ނުވަތަ ޚަރަދުކުރެވިގެންދަނީ އެކަންކަމަށްތޯ ބެލުން ހިމެނެއެވެ. އަދި ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ދައުލަތުގެ އިދާރާތަކުން ފައިސާ ޚަރަދުކޮށްފައިވާނަމަ، އެގޮތަށް ފައިސާ ޚަރަދުކުރަންޖެހުނު ސަބަބާއި ޙާލަތު ކޮމިޓީން ބެލުން ހިމެނެއެވެ. މިގޮތުން ދައުލަތުގެ މާލިއްޔަތާ ގުޅޭގޮތުން ކަންކަން ބެލުމުގައި، ދައުލަތުގެ އިދާރާތަކާއި، ދައުލަތުގެ ޙިއްޞާވާ ކުންފުނިތަކާއި ދައުލަތުގެ ވިޔަފާރި އިދާރާތަކާއި، ދައުލަތުގެ މިނިވަން އިދާރާތަކުގެ މާލީ ހިސާބުތައް ދިރާސާކުރުމާއި، އޮޑިޓަރ ޖެނެރަލްގެ އެކިއެކި ރިޕޯޓްތައް ދިރާސާކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެންގުން ހިމެނެއެވެ. މީގެ އިތުރުން، ދައުލަތަށް ލޯނު ނެގުމާއި ދައުލަތުގެ ފަރާތުން ގެރެންޓީ ދިނުމުގައި މަޖިލީހުގެ ފަރާތުން އަދާކުރަންޖެހޭ ދައުރާ ގުޅިގެން ކަންކަންކުރުމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާ މަސައްކަތްތައް ބެލުމާއި، އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކަނޑައެޅުމުގައި އެހެން ކޮމިޓީތަކުގެ މަޝްވަރާ ހޯދުން ހިމެނެއެވެ.
Oct
27
27 އޮކްޓޯބަރު 2026
Oct
26
26 އޮކްޓޯބަރު 2026
Oct
21
21 އޮކްޓޯބަރު 2026
Oct
20
20 އޮކްޓޯބަރު 2026
Oct
19
19 އޮކްޓޯބަރު 2026
4 ނޮވެމްބަރު 2026
އޮޑިޓަރ ޖެނެރަލް އަދި އެބޭފުޅާގެ އަނބިދަރިންގެ މާލީ ބަޔާން - 2025
ކުރިޔަށް ދަނީ
1 ނޮވެމްބަރު 2026
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދެވޭ އިމްތިޔާޒުތައް ކައުންސިލް މެންބަރުންނަށްވެސް ދައުރު ނިމުމުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދި ހުށަހަޅާފައިވާ މައްސަލަ
ކުރިޔަށް ދަނީ
29 އޮކްޓޯބަރު 2026
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކާރުކޮޅުގެ ޢިނާޔަތް ބޮޑުކޮށްދެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީ
ކުރިޔަށް ދަނީ
29 އޮކްޓޯބަރު 2026
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު
ކުރިޔަށް ދަނީ
27 އޮކްޓޯބަރު 2026
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔަތްތަކުގެ ތެރެއިން އުއްތަމަފަނޑިޔާރަށް ލިބިދެވޭ މުސާރައާއި ޢިނާޔަތްތައް މުރާޖަޢާކުރުމުގެ މައްސަލައިގެ ރިޕޯޓު
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA