މި ސަބް-ކޮމިޓީ އުފައްދާފައިވަނީ 31 ޖުލައި 2019 ވަނަ ދުވަހު ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 2019 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުމުގައެވެ. މި ސަބް-ކޮމިޓީގެ މަސްއޫލިއްޔަތަކީ، ސަރުކާރުން ކުރިއަށްގެންދަވާ އެކި އެކި މަޝްރޫޢުތަކާ ގުޅިގެން އެކި ފަރާތްތަކާ އެކު ހަދާފައިވާ ކޮންޓްރެކްޓްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ގުޅިގެން، މިހާތަނަށް ބާޠިލުކުރެވިފައިވާ ކޮންޓްރެކްޓްތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ވަމުންދާ ގެއްލުންތައް، އަދި އެކަމުގެ ސަބަބުން އިޤްތިޞާދަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކޮށް އިޤްތިޞާދީ ކޮމިޓީއަށް ހުށަހެޅުމެވެ.
© 2023 ރައްޔިތުންގެ މަޖިލިސްގެ އިދާރާA