DEM

ޢަލީ ޢާޡިމް

މެދުހެންވޭރު ދާއިރާ
މެންބަރުގެ ގޮނޑި
މެންބަރަށް ގުޅުއްވުމަށް
  • ތަފާސްހިސާބު

    5

    ކޮމިޓީ

    11

    މަޖިލީހުގެ މަސައްކަތް

    4

    ކޮމިޓީ މަސައްކަތް

    މެންބަރުގެ ތަޢާރުފް

    ޢަލީ ޢާޡިމް އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. އަދި 19 ވަނަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ އިތުރުން ގަވާއިދު ކޮމިޓީގެ މެންބަރެކެވެ.

    މެންބަރު ކުރައްވާފައިވާ ޚިދުމަތް

    ޢަލީ ޢާޡިމް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ 2009 ވަނަ އަހަރުގައެވެ. އެއަށްފަހު 2014 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތެވެ. 2019 ވަނަ އަހަރު މެދު ހެންވޭރު ދާއިރާގެ ގޮނޑިކާމިޔާބު ކުރެއްވުމާއެކު ޢަލީ ޢާޡިމް ވެވަޑައިގެންފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ޖެހިޖެހިގެން 3 ވަނަ ދައުރު ފުރިހަމަ ކުރައްވާ މަދު މެންބަރުންގެ ތެރޭގައެވެ.

    ސިޔާސީ ދާއިރާއަށް ނިކުންނެވުމުގެ ކުރިން، ޢަލީ ޢާޡިމް އަކީ މަދަރުސީ ހަޔާތާއި ޒުވާންއިރުން ފެށިގެންވެސް ފުޓްބޯޅައިގެ މައިދާނުގައި ވިދާލި ބޭފުޅެކެވެ. ޢަލީ ޢާޡިމް ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުއްވުމުގެ އިތުރުން ޓީމު ހިންގުމުގައިވެސް އެތައް އަހަރުތަކެއް ހޭދަ ކުރައްވާފައެވެ. އަދި އެ ޓީމުގެ ޗެއާމަންކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

    ދިވެހި ފުޓުބޯޅައަށް ކޮށްދެއްވި ޚިދުމަތްތަކުގެ ތެރޭގައި ޤައުމީ ފުޓުބޯޅަ އެސޯސިއޭޝަންގެ ފުރަތަމަ އިންތިޚާބު ކާމިޔާބުކޮށް އެ އެސޯސިއޭޝަންގެ ރައީސްކަމުގެ މަޤާމު ޢަލީ ޢާޡިމް ފުރުއްވިއެެވެ. މީގެ އިތުރުން، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަންވެސް ޢަލީ ޢާޡިމްވަނީ ކުރައްވާފައެވެ.

    ޝާމިލްވެލައްވާ މަޖިލީހުގެ މަސައްކަތްޕުޅުތައް

    ބިލު
    ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
    އެހެނިހެން
    ކޮވިޑް 19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ
    އެހެނިހެން
    މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލަ
    އެހެނިހެން
    މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ މައްސަލަ
    ބިލު
    ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
    ބިލު
    ޤާނޫނު ނަންބަރު 4/70ޖ. (އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު) އުވާލުމުގެ ބިލު
    ސުވާލު
    މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާ ސުވާލަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ދެއްވި ޖަވާބު (ލިޔުން ނަންބަރު: 17)
    ސުވާލު
    މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލްއާ ކުރައްވާ ސުވާލު (ލިޔުން ނަންބަރު: 108)
    ޤަރާރު
    ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް 5 އަހަރު ހަމަވާން ދާއިރުވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދެވިފައިނުވާތީ ހުށަހަޅާ ޤަރާރު
    ކުއްލި މައްސަލަ
    ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ
    ބިލު
    ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު

    ޝާމިލްވެލައްވާ ކޮމިޓީތަކުގެ މަސައްކަތްޕުޅުތައް

    އިޖްތިމާޢީ ކޮމިޓީ
    ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރުން ހިންގާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާގުޅޭ މައްސަލަ
    ޕެޓިޝަން ކޮމިޓީ
    ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށާއި، އެތަނުގަހުރި އެހެނިހެން މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ ޕެޓިޝަން
    އިމްތިޔާޒާއި ސުލޫކް ކޮމިޓީ
    ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ބޭއަދަބީ ބަހުން މުޙާތަބުކޮށްފައިވާ މައްސަލަ
    ޢާންމު ކޮމިޓީ
    ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި އަދި 203 ވަނަ މާއްދާ އިޞްލާޙުކޮށްދެއްވުމަށްއެދި ހުށަހަޅުއްވާފައިވާ މައްސަލަ.

    ޝާމިލްވެލައްވާ ކޮމިޓީތައް

    ވަގުތީ ކޮމިޓީ
    މުޅި މަޖިލީހުގެ ކޮމިޓީ

    މަސައްކަތް ހިނގަމުންދާ

    ދައުލަތުގެ އިދާރާތަކާގުޅޭ ދާއިމީ ކޮމިޓީ
    ގަވާއިދު ކޮމިޓީ

    މަސައްކަތް ހިނގަމުންދާ

    މަޖިލީހާގުޅޭ ދާއިމީ ކޮމިޓީ
    ޢާންމު ކޮމިޓީ

    މަސައްކަތް ހިނގަމުންދާ

    ދައުލަތުގެ އިދާރާތަކާގުޅޭ ދާއިމީ ކޮމިޓީ
    މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

    މަސައްކަތް ހިނގަމުންދާ

    ވަގުތީ ކޮމިޓީ (މަސައްކަތް ނިމިފައި)
    މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ހޮއްވެވި ވަގުތީ ކޮމިޓީ

    މަސައްކަތް ހިނގަމުންދާ

    © 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA