މެންބަރުން
ކޮމިޓީ މަސައްކަތް
ކޮމިޓީ ބައްދަލުވުން
"ބަޖެޓު ދިރާސާކުރާ ކޮމިޓީ" އަކީ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 233 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިޤްތިޞާދީ ކޮމިޓީގެ ގުޅިފައިވާ ކޮމިޓީއެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 234 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ދައުލަތުން ހުށަހަޅާފައިވާ އާންމު ބަޖެޓަރީ ސިޔާސަތުތަކާއި، މާލީގޮތުން ނުވަތަ އިޤްތިޞާދީގޮތުން ވާނެކަމަށް ބަޖެޓު ހުށަހެޅުމުގައި ޤަބޫލުކޮށްފައިވާ ކަންތައްތަކާއި، އެ ބަޖެޓުގައި ޢަދަދުތައް ހިމެނުމުގައި ވަކިގޮތަކަށް އިޤްތިޞާދީގޮތުން ނުވަތަ މާލީގޮތުން ހިނގާނެކަމަށް ފާހަގަކޮށްފައިވާ ކަންތައްތައް ދިރާސާކުރުމެވެ. އަދި ބަޖެޓު ދިރާސާކުރުމުގައި މާލީ ވުޒާރާއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރާއި، އޮޑިޓަރ ޖެނެރަލާއި އަދިވެސް ކޮމިޓީއަށް މުހިންމުކަމަށް ފެންނަ އެހެން ފަރާތްތައް ހާޒިރުކޮށް ނުވަތަ ލިޔުމުން މަޢުލޫމާތު ސާފުކުރުން ހިމެނެއެވެ. އެގޮތުން، 24 އޮކްޓޫބަރު 2024 ގައި ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 40 ވަނަ ޖަލްސާގައި، 2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރުމަށް މި ކޮމިޓީއަށް ފޮނުވުމާ ގުޅިގެން 28 އޮކްޓޫބަރު 2024 ގައި ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ކޮމިޓީން ނިންމާފައިވެއެވެ. އަދި، 31 އޮކްޓޫބަރު 2024 ވީ ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާގައި، 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް މި ކޮމިޓީއަށް ފޮނުއްވުމާ ގުޅިގެން، އެ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް 20 ނޮވެންބަރު 2025 ގައި ކޮމިޓީން ނިންމާފައިވެއެވެ. އެއަށްފަހު، 30 އޮކްޓޫބަރު 2025 ގައި ބޭއްވެވި 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި، 2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް މި ކޮމިޓީއަށް ފޮނުއްވުމާ ގުޅިގެން، ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް 19 ނޮވެންބަރު 2025 ގައި ކޮމިޓީން ނިންމާފައިވެއެވެ. އަދި، 29 އޮކްޓޫބަރު 2026 ގައި ބޭއްވެވި 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގައި، 2027 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް މި ކޮމިޓީއަށް ފޮނުއްވުމާ ގުޅިގެން، ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް 19 ނޮވެންބަރު 2025 ގައި ކޮމިޓީން ނިންމާފައިވެއެވެ.
Nov
19
19 ނޮވެމްބަރު 2026
Nov
17
17 ނޮވެމްބަރު 2026
Nov
16
16 ނޮވެމްބަރު 2026
Nov
16
16 ނޮވެމްބަރު 2026
Nov
10
10 ނޮވެމްބަރު 2026
19 ނޮވެމްބަރު 2026
2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
ކޮމެޓީ މަސައްކަތް ނިމިފައި
29 އޮކްޓޯބަރު 2026
2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުން
ކޮމެޓީ މަސައްކަތް ނިމިފައި
20 ނޮވެމްބަރު 2025
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
ކޮމެޓީ މަސައްކަތް ނިމިފައި
30 އޮކްޓޯބަރު 2025
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުން
ކޮމެޓީ މަސައްކަތް ނިމިފައި
21 ނޮވެމްބަރު 2024
2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA