19ވަނަ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީ

މި ކޮމިޓީ އުފައްދާފައިވަނީ 11 ޖޫން 2019 ގައި ބޭއްވި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 6 ވަނަ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 121 ވަނަ މާއްދާގެ ދަށުން، މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ޝަރުޢީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކާގުޅޭ ކަންކަން ދިރާސާކުރުމާއި ޝަރުޢީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، ޝަރުޢީ ދާއިރާއާ ގުޅުންހުރި ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން، ޤާނޫނުއަސާސީއާއި ޤާނޫނުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 121 ވަނަ މާއްދާއިން މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައިވާ މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމާއި، އެ މުއައްސަސާތަކުގެ އަހަރީ ރިޕޯޓު ދިރާސާކުރުމާއި، އެ މުއައްސަސާތަކާ ގުޅޭގޮތުން ޢާންމުންނާއި އެހެނިހެން ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެ ކަންކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުމާއި، އެ މުއައްސަސާތަކާ ބައްދަލުކޮށް އެ މުއައްސަސާތައް ހިންގުމާ ގުޅޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމާއި، އެ މުއައްސަސާތަކަށް ޢައްޔަނުކުރާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ފަރާތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދައި ދިރާސާކޮށް، އެ ފަރާތްތަކާ އިންޓަރވިއުކުރުމާއި، އެ މުއައްސަސާތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން މަޤާމުން ވަކިކުރަންޖެހޭ ފަރާތްތަކާ ގުޅޭގޮތުން މަޖިލީހަށް ލަފާ އެރުވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މައްސަލަތައް ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމަކީވެސް މި ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކޮމިޓީގައި ހިމެނޭ މެންބަރުން
ސަޢުދު ޙުސައިން

މުޤައްރިރު

ވިލިނގިލި ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އިބްރާހީމް ނާޒިލް

މުޤައްރިރުގެ ނައިބު

ހިތަދޫ ދެކުނު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އިބްރާހިމް މުޢިއްޒު

ހެންވޭރު އުތުރު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޢަލީ ޙުސައިން

ކެންދޫ ދާއިރާ

JP | އިތުރަށް ވިދާޅުވޭ

ޙަސަން ޒަރީރު

މަތިވެރި ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

މުޙައްމަދު ޢަބްދުﷲ ޝަފީޤް

ވެލިދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

މުޙައްމަދު ނިހާދު

ފޭދޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

އިމްތިޔާޒު ފަހުމީ

މާފަންނު އުތުރު ދާއިރާ

DEM | އިތުރަށް ވިދާޅުވޭ

އަޙްމަދު ޠާރިޤް

މަހިބަދޫ ދާއިރާ

PPM | އިތުރަށް ވިދާޅުވޭ

މުޙައްމަދު ޝާހިދު

ފުނަދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އަޙްމަދު ސަޢީދު

ގެމަނަފުށި ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ކުރީގެ މެންބަރުން
ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް

ކަނޑިތީމު ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

ޙަސަން ލަޠީފް

ހެންވޭރު ހުޅަނގު ދާއިރާ

DEM | އިތުރަށް ވިދާޅުވޭ

ޙިސާން ޙުސައިން

ތުޅާދޫ ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

ޖީހާން މަޙްމޫދު

ހިންނަވަރު ދާއިރާ

MDP | އިތުރަށް ވިދާޅުވޭ

އިބްރާހީމް ނަސީމް

ތުލުސްދޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

އިބްރާހީމް ރިޟާ

ގުރައިދޫ ދާއިރާ

PPM | އިތުރަށް ވިދާޅުވޭ

މޫސާ ސިރާޖު

ފޮނަދޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

އިބްރާހީމް ޝަރީފް

މަރަދޫ ދާއިރާ

PNC | އިތުރަށް ވިދާޅުވޭ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA